ބޯކަޅުކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް ބޯކަޅުކުރުމުން އިސްތަށިގަނޑަށް ކުރާ އަސަރުތަކާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މި ލިޔުމުގައި އަޅުގަނޑުމެން ބަލައިލާނީ ބޯކަޅުކުރުމުން ލިބޭ ފައިދާތަކާއި ރަނގަޅު ގޮތުގައި ބޯކަޅުކުރާނެ ގޮތްތަކަށެވެ. ބައެއް މީހުން ބުނާގޮތުގައި ނުރަ ޖެހުމަކީ ނަސީބުގަދަ ކަމެކެވެ. އެހެންކަމުން ބޯ ކަޅުކުރުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫން ކަމަށް މީގެ ކުރިން އަބަދުވެސް އަހަރެމެން ތެރޭގައި ގަބޫލުކުރެވިފައި ވެއެވެ. އެހެނަސް، ދާދި ފަހުން ރާއްޖޭގެ ފަތުވާ ކައުންސިލުން ވަނީ ބޯ ކަޅުކުރުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ފާސްކޮށް ފަތުވާ ނެރެފައެވެ. އެހެންކަމުން، ބޯކަޅުކޮށްގެން ލިބޭނެ ބައެއް ފައިދާތަކާއި ބޯކަޅުުކުރުމުގައި ސަމާލުވާންވީ ކަންކަމަށް ބަލާލާނަމެވެ.
ބޯކަޅުކުރުމުން ލިބޭ ފައިދާތައް
ބޯކަޅުކުރުމުން އިސްތަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. އޭގެ ތެރޭގައި އިސްތަށިގަނޑު ވަރުގަދަވެ، އިސްތަށީގެ ކުލަ ރީތިވުން ހިމެނެއެވެ. އަދި މީހާ އިތުރަށް ޒުވާންކޮށްދޭ ކަމަށްވެސް ބުނެއެވެ. ނަމަވެސް މިކަން ކުރަންވާނީ ރަނގަޅު ގޮތުގައި، ފެންވަރު ރަނގަޅު ބޯކަޅުކުރާ ޕެކެޓް ބޭނުންކޮށްގެންނެވެ.
ރަނގަޅު ގޮތުގައި ބޯކަޅުކުރާނެ ގޮތް
ބޯކަޅުކުރުމުގައި އެންމެ މުހިންމު ކަމަކީ ރަނގަޅު ފެންވަރުގެ ބޯކަޅުކުރާ ތަކެތި ބޭނުންކުރުމެވެ. ބޯކަޅުކުރުމުގެ ކުރިން އެލަރޖީ ޓެސްޓެއް ހެދުމަކީ މުހިންމު ކަމެކެވެ. ހަމުގެ މައްސަލަ އުޅޭ މީހެއް ނަމަ، ބޯކަޅުކުރުމުގެ ކުރިން ޞިއްޙީ މާހިރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.
ބޯކަޅުކުރުމަށްފަހު އިސްތަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ ތެރޭގައި ކޮންޑިޝަނަރ ބޭނުންކުރުން ހިމެނެއެވެ. ބައެއް ކޮންޑިޝަނާތަކަކީ ކުލަ ޖައްސާފައިވާ އިސްތަށިތަކުގެ ކުލަ ގިނަ ދުވަހަށް ދަމަހައްޓަން ހާއްސަކޮށް ފަރުމާކޮށްފައިވާ ހެއާ ޕްރޮޑަކްޓްތަކެވެ.