ކިއުކަންބާ ލެމަނޭޑަކީ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެކެވެ. މި ބުއިމަކީ ތައްޔާރުކޮއްލަން ފަސޭހަ އަދި އަނގަޔަށް މީރު ބުއިމެކެވެ. މިއީ ދިވެހިންގެ ތެރޭގައިވެސް މިހާރު ވަރަށް މަގުބޫލު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

.5 ޖޯޑު ފެން

.3 ކިއުކަންބާ (ތޮށި މަށާފަ ކުދިކޮށް ކޮށާފައި)

.1/2 ޖޯޑު ތާޒާ ލުނބޯ ހުތް

.1/4 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް:

.ކިއުކަންބާ އާއި ލުނބޯހުތާއި 2 ސައިސަމްސާ ހަކުރު 2 ޖޯޑު ފެން މިކްސްޗަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. 

.އެއަށްފަހު ޖަގަކަށް އެޅުމަށްފަހު ބާކީ ހުރި ފެނާއި އެއްކޮށްލުމަށްފަހު ރަހަލާވަރަށް ހަކުރު އަޅާ ގިރާލާށެވެ.