މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ. 

އެގޮތުން، މި އަހަރުގެ އުރީދޫ މަސް ރޭސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ރަށެއްގައެވެ.

މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

- ކ. ހުރާ : 22 އޮގަސްޓް 2025

- ށ. ފުނަދޫ : 29 އޮގަސްޓް 2025

ރަޖިސްޓްރޭޝަން ހުޅުވޭ ދުވަސް: 17 ޖުލައި 2025

ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: 30 ޖުލައި 2025، 23:59

ރެޖިސްޓަރ ކުރުމަށް 12 މީހުން ހިމެނޭ ޓީމް ( ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރާލާ

ކޮންމެ މަސް ރޭހެއްގައިވެސް މުޅިއަކު 80,000+ރ ގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި؛

ޗެމްޕިއަން ޓީމް: 25000ރ

ދެވަނަ ޓީމް: 10000ރ

ތިންވަނަ ޓީމް: 5000ރ

އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދެވިގެން ދާނެއެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ. އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.  

އުރީދޫ މަސްރޭސް 2025 ގައި ރަޖިސްޓްރީވުމަށް: http://ore.do/masrace2025