ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމްޢިއްޔާތައް ހޮވައިފިއެވެ. 

އެގޮތުން، މި އަހަރު ބޭންކް ފަންޑް ލިބޭ ޖަމްޢިއްޔާތަކަކީ:

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް: ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކްލިނިކެއް ހުޅުމާލޭގައި ޤާއިމުކޮށް، ބަލިން ރައްކާތެރިވުމާއި، ކުރީބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ޚިދުމަތް ފުޅާކުރުން.

ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ: ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ޤާއިމުކޮށް، މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުން.

ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި): ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ޤާއިމުކުރުމަށް.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން: ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފްކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ޤާއިމުކުރުން.

ޓައިނީ ހަރޓްސް މޯލްޑިވްސް: ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ޤާއިމުކުރުން.

ބޭންކް ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢު ކުރިއެރުވުމަށް މަޝްރޫޢުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމްޢިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ. މުޖުތަމަޢުގެ ތަރައްޤީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކަށް ބޭންކުން މުހިންމު އަހަމިއްޔަތުކަމެއް ދެއެވެ.

މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހާއްސަކޮށްގެން ބޭންކް ފަންޑް ތަޢާރަފްކުރީ މިދިޔަ އަހަރުއެވެ.