އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފު ކޮށްފިއެވެ.

އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ މި އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއަރ ކުރެވިގެންދާނެއެވެ.

ހޯމް އެސެޓް އިންޝުއަރަންސް އިން ކަވަރޭޖް ފޯރުކޮށްދޭ ތަކެއްޗަކީ؛

• ފަރުނީޗަރާއި ފިޓިންގްސް 

• އިލެކްޓްރޯނިކް ސާމާނު  

• ފޭރާމާއި އަމިއްލަ ސާމާނު 

• ކުޅިވަރު ސާމާނު 

• ޕެޓްސްއާ ގުޅުންހުރި ތަކެތި

އޮގަސްޓް މަހު އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުން ސުޕަރނެޓު އެކްޓިވޭޓް ކުރުމުން މި އޮފަރ ނެގުމަށް އެލިޖިބަލް ވާނެއެވެ. އުރީދޫން ބުނީ، ސުޕަރނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް މިޚިދުމަތަށް އެދެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫނެވެ. އެ ކުންފުނިން ކަސްޓަމަރުންނަށް މާނަހުރި އަދި ޢަމަލީ ޙައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ. އެގޮތުން، އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު މި ފޯރުކޮށްދެވޭ ހޯމް އިންޝުއަރަންސާއެކު ގެއާއި މުދާ ހިމާޔަތްކުރެވިފައިވާ ކަމުގެ ހިތުގެ ހަމަޖެހުން ލިބިގެންދާނެ އެވެ.