ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ)، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް، ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި، އެއް ތަނެއްގައި ލައިވްކޮށް މައިގަނޑު 4 ގޭމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތްތަކުގައި އޮންލައިން ސަރވަރތައް މެދުވެރިކޮށް އެއްފަހަރާ 150 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ. މިއީ، ދިރާގުގެ ހަލުއި 5ޖީ ހިދުމަތުގެ ފެންވަރު އަދި ދިރާގު ފައިބަރ ނެޓްވޯކްގެ ސްޕީޑް ދައްކުވައިދިން ކަމެކެވެ.
ޑީއެމްޖީސީ 2025ގެ ވަނަތައް ހާސިލުކޮށްފައިވާ ޓީމުތަކާއި ކުޅުންތެރިންނަކީ:
. މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
· ޗެމްޕިއަން: އެލްއެންއެން ސްލީޕިންގ ފޮރެސްޓް
· ރަނަރ-އަޕް: ވިގަނި
· ދެވަނަ ރަނަރ-އަޕް: ޓިލް ވަލްހަލާ
· އެމްވީޕީ: އެލްއެންއެން އެސްއެލްއެފްއޯ ރީމާޒް
ޕަބްޖީ މޮބައިލް
· ޗެމްޕިއަން: އެސްޑީއެމްޒީ އީސްޕޯޓްސް
· ރަނަރ-އަޕް: ވީއީ އީޓޫއެސް ޓީއެމް ސެވަން
· ދެވަނަ ރަނަރ-އަޕް: އެލް އެފް އަކަޒާޔާ
· ތިންވަނަ ރަނަރ-އަޕް: އެންޓެއިކޫ
· އެމްވީޕީ: އެސްޑީއެމްޒީ ހައިއްޓެ
އެފްސީ25
· ޗެމްޕިއަން: އިސްމާއިލް ޒަކްވާން ޝިހާޒް
· ރަނަރ-އަޕް: ހުސައިން ޔައިޝް
· ދެވަނަ ރަނަރ-އަޕް: މުޙައްމަދު އައިމަން އަޙުމަދު
· ތިންވަނަ ރަނަރ-އަޕް: މުޙައްމަދު ޒަޔާން އިސްމާޢިލް
· އެމްވީޕީ: ހުސައިން ޔައިޝް (44 ގޯލު)
ރޮކެޓް ލީގު
· ޗެމްޕިއަން: އޯރިޔޯ
· ރަނަރ-އަޕް: އެގްޒައިލް
· ދެވަނަ ރަނަރ-އަޕް: ސިންޑިކޭޓްސް
· ތިންވަނަ ރަނަރ-އަޕް: އަނެއް ސްޕޯޓްސް
· އެމްވީޕީ: މާދިން
ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
މި މުބާރާތުގައި ޖުމްލަ 1500 ބައިވެރިން ބައިވެރިވެފައިވެ އެވެ. މި މުބާރާތުގައި ވަނަ ހޯދި ފަރާތްތަކަށް މުޅި ޖުމްލަ 170،000 ގެ ފައިސާގެ އިނާމް ދިރާގުން ހުށަހަޅާފައިވެ އެވެ.
ޑީއެމްޖީސީ 2025 ކުރިއަށް ގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. މި ގޮތުން މި މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރެއްގެ ގޮތުގައި މިނީސޯ، އެލީޓް ޕަރޓްނަރުންގެ ގޮތުގައި ޝީޝާ، ޕީކަބޫ، މެގަޗިޕް އަދި ވިލާ މާޓް، ގޭމިން ޕަރޓްނަރުގެ ގޮތުގައި ރާއްޖެ ގޭމިން ކޮމިއުނިޓީ، ކޮންޓެންޓް ޕަރޓްނަރެއްގެ ގޮތުގައި ސިޑިބަރީ އަދި ކޭޓަރިން ޕަރޓްނަރެއްގެ ގޮތުގައި ބުރުޒު ކޭޓަރިން ވަނީ ހަރަކާތްތެރިވެފައެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.
