ފަސޭހައިން ތައްޔާރުކޮށްލެވޭ އަނގައަށް މީރު ކައްޓަލަ ބޯކިބަލަކީ ރޯދަ ވީއްލާ ގަޑީގައިވެސް ބޭނުންކޮށްލަން ވަރަށް ކަމުދާނެ ފޮނި ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ކައްޓަލަ (ފެނު ކައްކާފައި)
1 1/2 ޖޯޑު ހަކުރު
3 ބިސް
1 ޖޯޑު ފުށް
1 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ
1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
1/4 މޭޒުމަތީ ސަމްސާ ކާކުލަ (ފިޔާތޮށި)
50ގ އަލްމަންޑް (ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
ބިހާއި ހަކުރު އެއްކޮށްލާށެވެ. ދެން މަޑުކޮށްފައި ހުރި ކައްޓަލައާއި ފުށާއި ބޭކިންގ ޕައުޑަރއާއި ކާކުލަ އަދި ވެނީލާ އެސެންސް އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް މޮޑެލާށެވެ. ދެން ތެޔޮފޮދެއް ނުވަތަ ބަޓަރކޮޅެއް ހާކާލާފައި ހުރި ޓްރޭއަކަށް އެއްކުރި ފުށްގަނޑު އަޅާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ކޮށާފައި ހުރި އަލްމަންޑްކޮޅު އަޅާލާށެވެ. ދެން 35 މިނެޓު ވަންދެން ފިހެލާށެވެ. އެއަށްފަހު ރަނގަޅަށް ހިހޫވަންދެން ބެހެއްޓުމުން ކައްޓަލަ ބޯކިބާ ތައްޔާރު ކުރެވުނީއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން