ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަރަށް ހާއްސަ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ފަށައިފިއެވެ.

މި ޕްރޮމޯޝަން ފެށީ 7 އޮގަސްޓް 2025 ވީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. 

އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެއެވެ. ޑެވޮންޑޭލްއަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ.

މީގެ އިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ. ކުއިކްބެރީ ބެރޭންޑުގެ "ޝުގަރ ފްރީ" ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ. 

މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑްތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ. ގުރުއަތުން ހޮވޭ 3 ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި 3 ގިފްޓް ވައުޗަރ ލިބިގެން ދާނެއެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ، 2 ވަނައަށް ހޮވޭ ފަރާތަކަށް 2500ރ އަދި 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1500ރ ގެ ވައުޗަރެއް ލިބިގެންދާނެއެވެ. 

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެއެވެ. ހަމަ އެއާއިއެކު 2 ޕްރޮޑަކްޓެއް ބައްލަވައިގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެމްބަރ 2025އެވެ.