ތަން ކިތަންމެ ކުޑަވިޔަސް ދިވެހިންނަކީ ދިވެހިންނެވެ. މާލެ އެޕާޓްމެންޓްތަކުގެ ކުޑަކުޑަ ސިޓިން ރޫމް ނުވަތަ ބެލްކަނީގައި ގަސް ނުހައްދާ ގެއެއް ނުހުންނާނެއެވެ. ރަށްރަށުގައިވެސް ކޮންމެ ގެއެއްގައި ނުވަތަ ގޯއްޗެއްގައި ގަސް ހައްދާފައި ހުންނާނެއެވެ. އޮފީސް އިމާރާތަކަށް ބެލިޔަސް މިއީ ހަގީގީ މަންޒަރެކެވެ. އެހެނަސް މިހާރު އަހަރެމެން ގަސް ހައްދަންވެސް މި ބޭނުންކުރަނީ ރާއްޖެއިން ބޭރުގެ އެކި ތަންތަނުން ގެންނަ ވެލިއެވެ. ދިވެހި ކޮންމެ ގެއެއްގައިވެސް ގަސް ހައްދާއިރު އެ ގަހެއް ހައްދާ ވެލިގަނޑަކީ ރަނގަޅު ވެލިގަނޑަކަށް ވާންޖެހެއެވެ. އެހެން ނޫންނަމަ ގަސް އިންދުމަކުން މާ ބޮޑު ފައިދާއެއް، ކުރިއެރުމެއް ނުލިބެއެވެ.

 

ގަސް ހައްދަން ރަނގަޅު ވެއްޔަކީ:

ގަހަށް މަދުން ބޭނުންވާ ކާނާއާއި ގިނައިން ބޭނުންވާ ކާނާ ރަނގަޅު މިންވަރަކަށް އެކުލެވިފައިވާ ވެއްޔެވެ. 
ވެލިގަނޑު ދޫކޮށްހުރުމާއިއެކު ފަސޭހައިން ވައި ދައުރުކުރާގޮތަށް ހުންނަ ވެއްޔެވެ.
ފަސޭހައިން މުލައް ދައުރު ކުރެވޭ ވެއްޔެވެ.
ގިނަ އަދަދަކަށް ޖަރާސީމް ދިރިއުޅޭ ވެއްޔެވެ.


ރަނގަޅު ވެއްޔެެއް ނަމަ އެވެލީގައި ހިމެނެންވާނެ ބައިތަކުގެ ތެރޭގައި:

ވެލީގައި ކާދު ގިނަ އަދަދަކަށް އެކުލެވެއެވެ.
ވެލީގައި ކުދި ވެލިފުކާއި ރާޅު ވެލިފުއްތައް އެއްވަރަކަށް ހިމެނޭނެއެވެ.
ފެން ހިފެހެއްޓުމުގެ ބާރު ވަރަށް ރަނގަޅު ވާނެއެވެ.
ޕީއެޗް މިންގަނޑު 7-6 ގައި ހުންނާނެއެވެ.
ސެލިނިޓީ މައްސަލަ ނުވަތަ ވެލީގައި ލޮނުގެ މިންވަރު އެކުލެވޭވަރު ކުޑަވާނެއެވެ.