އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާނީ ޣައްޒާގެ ރައްޔިތުން ނެތިކުރުމަށްފަހުގައި ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ޒަމާންވީ ހަމަނުޖެހުންތައް ހިންގަމުން އަންނަ އިރު، ދުނިޔޭގެ ލީޑަރުން އަންނަަނީ ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް ދެ ގައުމުގެ ކޯޅުން ވެދާނެތީ އެކަމާ ކަންބޮޑުވުން ފައުޅުކޮއްފައެވެ. އަދި ގިނަ ގައުމުތަކަކުން އަންނަނީ އެ ހަމަލާތައް ކުއްވެރިކުރަމުންނެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އެމީހުން ދިން ހަމަލާތަކުގައި ހަމާސްގެ ހަތަރު ކޮމާންޑަރުން ޝަހީދުކޮށްލާފައި ވާނެ ކަމަށެވެ. އޭގެ އިތުރުން ހަމާސް ޖަމާއަތުގެ ހަނގުރާމަ ވެރިންނާއި، ހަނގުރާމައިގެ މައިދާނުގައި ފޯރިމަރާ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކު ޝަހީދު ކޮށްލައިފައިވާ ކަމަށެވެ.
އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނެފައިވަނީ ހަމާސް ޖަމާއަތުގެ އަސްކަރީ ކޮމާންޑަރުން ޝަހީދުކޮށްލުމަކީ އެއީ އަދި ފެށުމެއް ކަމަށާއި އިސްރާއިލުގެ އަސްކަރީއިން އިތުރު ބާރުތައް ބޭނުންކޮށް ޣައްޒާގެ އާންމުންނާއި ހަމާސް ޖަމާއަތުގެ މީހުންނަށް ހިޔާލަށް ވެސް ނުގެނެވޭހާ ބިރުވެރި، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުށެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓައިލުމަށާއި، ހަމަލާތައް ކުރިއަށް ނުގެންދިއުމަށް އިންޒާރުދީފައިވާނެ ކަމަށެވެ. އިންޒާރަށް ބެލުމެއް ނެތި ހަމަލާތައް ދެމުން ގެންދާނަމަ ހަމާސް އާއި އެހެން ޖަމާއަތްތަކުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވެއެވެ.
