އެކްސްފޮލިއޭޓަރއަކީ ކޮބާ؟
އެކްސްފޮލިއޭޓަރއަކީ ހަމުގެ މަތީ ފަށަލައިގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލުމަށް ބޭނުންކުރާ ސްކްރަބެކެވެ. މިއީ ގައިދޮންނަން ބޭނުންކުރާ ނުވަތަ މޫނު ދޮންނަން ބޭނުންކުރާ ވޮޝްތަކާ ތަފާތު ކްލެންޒާއެކެވެ. ކޮފީއާއި ސީ ސޯލްޓް ފަދަ މާއްދާތައް ގުދުރަތީ ސްކްރަބެއްގެ ގޮތުގައި ވެސް ވަރަށް ގިނަ މީހުން ބޭނުންކޮށް އުޅެއެވެ. ފޭސް ވޮޝްއަކުން ހަމުގައި ހުންނަ މިލަތައް ފަސޭހައިން ނުފިލާނެއެވެ. މި ސަބަބަށްޓަކައި ފޭޝަލް ހަދާއިރުގައި އެކްސްފޮލިއޭޓަރ ބޭނުންކޮށް އުޅެއެވެ. ވީމާ، އެކްސްފޮލިއޭޓަރއަކީ ހަމުގެ ސިއްހަތު ރަނގަޅުކޮށް، އައު ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދޭ އުފެއްދުމެކެވެ. މޫނުގެ ސާފުކަން ދެމެހެއްޓުމުން ހަމުގެ މައްސަލަތައް ކުޑަވެ އެވެ. އެކްސްފޮލިއޭޓަރ ބޭނުންކުރުމުން ހަމުގައި ބޭނުންކުރާ އެހެން ޕްރޮޑަކްޓްތަކުގެ ފައިދާ ފުރިހަމަކޮށްދޭނެއެވެ. 

އެކްސްފޮލިއޭޓަރ އިން ލިބޭ ފައިދާތައް

* ހަންގަނޑުގައި ލޭ ދައުރުވުން އިތުރުކުރުން
* ހަމުގެ ޓެކްސްޗަރ ރަނގަޅުކުރުން
* ހަމުގެ ކުލަ އެއްވަރުކުރުން
* ބައެއް ބާވަތުގެ އެކްސްފޮލިއޭޓަރތަކުން ހަންގަނޑު އޮމާންކޮށްދޭ


އެކި ބާވަތުގެ ހަމުގެ ބާވަތްތަކަށް އެކަށީގެންވާ އެކްސްފޮލިއޭޓަރތައް
1. ކުރަކި ހަންގަނޑު
* ކްރީމް ބޭސްޑް އެކްސްފޮލިއޭޓަރ
* އޯޓްމީލް ބޭސްޑް ސްކްރަބް

2. ތެޔޮ ހަންގަނޑު
* ކްލޭ ބޭސްޑް ސްކްރަބް
* ޖެލް ބޭސްޑް އެކްސްފޮލިއޭޓަރ


3. ސެންސިޓިވް ހަންގަނޑު
* މައިލްޑް އެންޒައިމެޓިކް އެކްސްފޮލިއޭޓަރ
* ނެޗުރަލް ފްރޫޓް އެސިޑް ބޭސްޑް (މޭވާ އަޅާފައިވާ އުފެއްދުންތައް)
ވަރަށް މަޑު ގްރެއިން ސައިޒް ހުންނަ ސްކްރަބް


ފޭޝަލްގައި އެކްސްފޮލިއޭޓަރ ބޭނުންކުރުން
ފޭޝަލް ހެދުމުގައި އެކްސްފޮލިއޭޓަރ ބޭނުންކުރެވެނީ އަންނަނިވި ތަރުތީބަށެވެ.

ފޭޝަލްގެ މަރުހަލާތައް:
މޫނު ސާފުކުރުން
ސްޓީމިންގ
އެކްސްފޮލިއޭޝަން
މަސާޖް
މާސްކް އެޕްލިކޭޝަން
މޮއިސްޗަރައިޒިންގ


އެކްސްފޮލިއޭޓަރ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް:

  • ހަފްތާއަކު 1-2 ފަހަރަށްވުރެ ގިނައިން އެކްސްފޮލިއޭޓަރ ބޭނުން ނުކުރާށެވެ.
    މާ ބަރަށް ސްކްރަބް ނުއުނގުޅަން ސަމާލުވާށެވެ. އެހެން ނޫނީ، ހަމުގެ ނާޒުކު ފަށަލައަށް ގެއްލުންވާނެއެވެ.
    ހަންގަނޑާއި ގުޅޭ އެކްސްފޮލިއޭޓަރ ބޭނުންކުރާށެވެ.
    އެކްސްފޮލިއޭޓްކުރުމަށްފަހު ސަންސްކްރީން ބޭނުންކުރާށެވެ.
    ހަމުގައި އިންފެކްޝަނެއް ނުވަތަ ފާރު، އޮށާޅައެއް ހުރިއްޔާމު އެކްސްފޮލިއޭޓަރ ބޭނުން ނުކުރާށެވެ.

އެކްސްފޮލިއޭޓަރއަކީ ހަމުގެ ސިއްހަތު ދެމެހެއްޓުމަށް ވަރަށް މުހިންމު އުފެއްދުމެކެވެ. ނަމަވެސް ރަނގަޅު ގޮތުގައި ބޭނުންކުރުމާއި، އެކަށީގެންވާ ވައްތަރެއް ހޮވުމަކީ މުހިންމު ކަމެކެވެ. ގަވާއިދުން އެކްސްފޮލިއޭޓްކުރުމުން ހަމުގެ ސިއްހަތު ރަނގަޅުވެ، ރީތި ބަދަލެއް ގެނެސްދިނުމަށް އެހީތެރިވެދެއެވެ.