މަތިންދާބޯޓު ދަތުރުކުރާއިރު ޖައްވުގައި އެޅޭ ހުދު ރޮނގު އެއީ ކިހިނެއްވާ ކަމެއްކަން އެނގޭތޯއެވެ؟ މި ރޮނގު މިއީ ރާއްޖެ މަތިން ދަތުރުކުރާ މަތިންދާބޯޓު ކައިރިންވެސް  ފެންނަ ރޮނގެކެވެ. ގިނަ މީހުންނަށް ފެނިފައި ހުންނާނެ ކަންނޭނގެއެވެ. ބައެއް މީހުން ބުނަނީ އެ ރޮނގަކީ މިސައިލެއް ދަތުރުކުރާ ރޮނގެއް ކަމަށެވެ. އެކަމަކު އެ ހުދު ރޮނގުގެ ފަހަތުގައި ވަކި ސަބަބެއްވާކަން އެނގެނީ ކިތައް މީހުންނަށްބާ އެވެ؟

މިއީކީ ވިލާގަނޑެއް ނޫނެވެ. މިއީ ޕައިލެޓުން ޖައްވަށް ދޫކުރާ އިންޖީނުގެ ތެލެވެ. 6000 ފޫޓް މައްޗަށް ގޮސް މިހާ ބައިވަރު އަގުބޮޑު ތެޔޮ ބޭރުކުރަން ޕައިލެޓަށް މަޖުބޫރު ވަނީ ކީއްވެގެންބާއެވެ؟ ކޮމާޝަލް އެއާލައިންތަކުން އާންމުކޮށް ދިގު ދަތުރުތަކަށް ވަރަށް ގިނަ މިންވަރެއްގެ ތެޔޮ އަޅާ ހަދަ އެވެ. ނަމަވެސް، ދަތުރުގެ ދިގު މިނަށް ބަލާފައި އަޅާ ތެޔޮ ހުސްވުމުގެ ކުރިން އިމަޖެންސީކޮށް ބިމަށް ތިރި ކުރަން ޖެހޭ ހާލަތެއްގައި ބޯޓުގައި ތެޔޮ ގިނަވުން މައްސަލައަކަށް ވެދާނެ އެވެ. އިމަޖެންސީކޮށް ޖައްސަން ޖެހޭ ވަގުތެއްގައި ބޯޓުގެ ބަރުދަން އިތުރުނަމަ، ބޯޓުގެ ގިޔަރަށް ވަރަށް ޕްރެޝަރު ކުރާނެ އެވެ. އޭގެއިން ވަރަށް ބޮޑު ހާދިސާއެއް ނިކުތުން އެކަށީގެންވެ އެވެ. މިސާލަކަށް، ބޯޓުގައި ރޯވުން ކަހަލަ ކަންތައް ދިމާވެދާނެ އެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ޕައިލެޓް ދުއްވަމުންދާ ބޯޓު 6000 ފޫޓް މައްޗަށް ގެންދެ އެވެ. އެހާ މައްޗަށް ބޯޓު އެރުމުން، ފްލައިޓްގައި ހުންނަ ތެލުގެ މިންވަރު ދަށްވަމުންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން، ފްލައިޓް ބިމަށް ތިރިވާއިރު ގިޔަރަށް ޕްރެޝަރު ނުވާނެ އެވެ. އާންމުކޮށް މި ހާލަތަަށް ހުށިޔާރު ވާންޖެހޭނީ ވައިޑް ބޮޑީ އެއާކްރާފްޓްތަކެވެ.