ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ ދަރިވަރު މެހްނޫރް ޗީމާ ވަނީ ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ ލެވެލް އިމްތިޙާނުން 24 މާއްދާއިން އޭ ގްރޭޑް ހާސިލްކޮށް، ދުނިޔޭގެ 4 ރެކޯޑެއް ޤާއިމްކޮށްފައެވެ.


މެހްނޫރް ވަނީ ތިރީގައިވާ ދާއިރާތަކުން އޭ ގްރޭޑް ހާސިލްކޮށްފައެވެ.

-ހިއުމަން ބަޔޮލޮޖީ
-ކެމިސްޓްރީ
-ފިޒިކްސް
-މެތަމެޓިކްސް
-އިކޮނޮމިކްސް
-ސައިކޮލޮޖީ
-އިނގިރޭސި
- އެހެނިހެން މާއްދާތައް

އައި ކިއު
މެހްނޫރްގެ އައި.ކިއު ލެވެލްއަކީ 161 ކަމަށް ބެލެވެ އެވެ. މިއީ ދުނިޔެ ދުށް އެންމެ ހުސިޔާރު ސައިންސްވެރިޔާ ކަމުގައިވާ އަލްބަޓް އައިންސްޓައިންގެ އައި.ކިއު ކަމަށް ބެލެވޭ 160 އަށްވުރެ މަތި އަދަދެކެވެ. މީގެ ކުރިން ޕާކިސްތާނުގެ އަރްފާ ކަރީމް ވެސް ވަނީ އައިންސްޓައިންގެ އައި.ކިއު އަށްވުރެ މަތި ސްކޯއެއް ހާސިލްކޮށްފައެވެ. އޭނާ އެ ސްކޯ ހޯދާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ. 

އޯ ލެވެލް ނަތީޖާ
މެހްނޫރް ވަނީ 2023 ވަނަ އަހަރު ހެދި އޯ ލެވެލްގައި ވެސް 34 މާއްދާއަކުން އޭ ސްޓަރ ގްރޭޑް ހާސިލްކޮށްފައެވެ. އޭނާގެ އޯ ލެވެލް ނަތީޖާއަކީ ވެސް އިނގިރޭސި ވިލާތުގައި ރެކޯޑެކެވެ.

ތަޢުލީމީ ފުރުސަތު
މެހްނޫރްއަށް ވަނީ ދުނިޔޭގެ ނަންހުރި ގިނަ ޔުނިވަރސިޓީތަކުން ސްކޮލަރޝިޕް ފުރުސަތުތައް ލިބިފައެވެ. އޭގެ ތެރޭގައި ކޭމްބްރިޖް، އޮކްސްފޯޑް އަދި ހާވަޑް ޔުނިވަރސިޓީ ހިމެނެއެވެ. އޭނާ މިވަގުތު ދަނީ އޮކްސްފޯޑު ޔުނިވަރސިޓީ އިން މެޑިސިން ދާއިރާއިން ތައުލީމު ހާސިލުކުރަމުންނެވެ.