އިންސާނާއަކީ އެކި އެއްޗެހި ހަނދާންކުރުމުގައި ތަފާތު ގޮތްގޮތުން ހަނދާނުގައި ބައި ގަދަވާ މީހުންނެވެ. ބައެއް މީހުންނަކީ އެެއްޗެހި ބަލައިގެން ދަސްކުރާމީހުންނެވެ. ތަސްވީރު ހިޔާލުކުރުމަކީ ވަރަށް ބާރުހުރި ކަމެކެވެ. މިއަށް ކިޔަނީ ވިޝުއަލް ލާރނިންގ އެވެ. އޭގެ ނަތީޖާއެެއްގެ ގޮތުން އިންސާނާގެ ހަޔާތުގައި އޭނާ ބަލާ ފިލްމުތަކާއި ކިޔާ ވާހަކަފޮތްތަކުގެ ވާނުވާ ވަރަށް ގިނަ ދުވަސްވަންދެން ހަނދާނުގައި ހުންނަގޮތްވެ އެވެ. ހަމަ އެގޮތަށް ލަވައެއްގެ ޅެންތައް ހަނދާނުގައި ވަރަށް ގިނަ ދުވަހު ހުރޭ ނޫންތޯއެވެ. އެއީ ވަކި ރާގަކަށް ދަސްކުރާ ޅެންތަކަށްވުމުންނެވެ. މިއީ ފޮނެޓިކް ލަރނިންގ އެވެ. ދެވަނައަށް އެންމެ ބޮޑަށް މީހުން ކިޔަވަން ދަސްކުރަނީ އެއްޗެހި އަޑުއަހައިގެންނެވެ. ބައެއް މީހުންނަށް އެހެން މީހުން ދައްކާ ވާހަކަ ހަނދާނުގައި ބަހައްޓަން ވަރަށް ފަސޭހަވެ އެވެ. މިފަދަ ދަރިވަރުންނަށް ބާރަށް ފޮތްކިޔައިގެން ފިލާވަޅު ދަސްކުރަން ފެސޭހަވެ އެވެ. ނުވަތަ ވަކި ރާގަކަށް މުހިންމު ނުކުތާއެއް ބާރަށް ކިޔާލުމުން އެތަންކޮޅު ހަނދާނުގައި ބަހައްޓަން ފަސޭހަވެ އެވެ.

ތިން ވަނަ ދަސްކުރުުމުގެ އުކުޅަކީ ސެމޭންޓިކް ލަރނިންގ އެވެ. ސެމޭންޓިކް ލަރނިންގއަކީ ކުރާ ކަމެއް އަމިއްލައަށް ތަޖުރިބާކޮށްގެން ދަސްކުރުމެވެެ. ބައެއް ކުދިންނަކީ ކިތަންމެ ވަރަކަށް ފޮތް ކިޔައި ފިލާވަޅު އަޑުއެހިޔަސް އެ ފަހުމް ނުވާނެ ދަރިވަރުންނެވެ. މިފަދަ ދަރިވަރުންނަށް ފަހަރެއްގައި ކެމިސްޓްރީ ގަޑީގައި އަމިއްލައަށް އެކްސްޕެރިމެންޓް ހަދައިގެން ފިލާވަޅު ދަސްކުރަން ފަސޭހަވެދާނެއެވެ. ނުވަތަ މަސައްކަތުގެ މާހައުލުން އެއްޗެހި ދަސްކުރަން ފަސޭހަވެދާނެއެވެ. 

އެންމެންނަކީ އައިކިއު 100 ގައި ތިބޭ މީހުންނެއް ނޫނެވެ. އެންމެންނަކީ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ މީހުންނެއް ވެސް ނޫނެވެ. އެހެން ނަމަވެސް، ކިޔަވައިގެން ނޫނީ މި ޒަމާނުގައި މީހާ މީހަކަށް ނުވެއެވެ. ބުނަން މިއުޅެނީކީ ކިޔަވަން ބޭނުމިއްޔާ ތާއަބަދު ކިޔެވުމަށް ވަގުތު ހުސްކުރާ ވާހަކައެއް ނޫނެވެ. ކިޔަވަން ވާނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެއް ނޫނެވެ. ކިޔަވަން ވާނީ ތިމާއަށް ހޯދޭނެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަމާޒުގައެވެ. އެ އަމާޒު ހާސިލުކުރެވޭނީ ކުޑަ ހިތްވަރަކާއި ގުރުބާނީތައް ވެގެންނެވެ. ވަކިން ހާއްސަކޮށް ތިބާގެ ވަގުތު ގުރުބާންކޮށްގެންނެވެ. ތިރީގައި މި ހިމަނާފައިވަނީ މޮޅު ދަރިވަރަކަށް ވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. ހަރުދަނާ ތާވަލެއް ރޭވުން

  • ދުވަހުގެ ވަގުތުތައް ރަނގަޅަށް ބަހާލުން
    ކޮންމެ މާއްދާއަކަށް ވަކި ވަގުތެއް ކަނޑައެޅުން
    ބްރޭކް ޓައިމް ހިމެނުން
    ތާވަލާ އެއްގޮތަށް ޢަމަލުކުރުމަށް އިސްކަންދިނުން


2. އެކްޓިވް ލަރނިންގ ޓެކްނިކްސް

  1. ކިޔަވާ އެއްޗެހި އަމިއްލަ ބަހުން ލިޔެ ޚުލާޞާކުރުން
    ނޯޓްސް ނެގުމުގައި މުހިންމު ނުކުތާތައް ހައިލައިޓްކުރުން
    މައިންޑް މެޕް ހެދުން
    ފްލޭޝް ކާޑު ބޭނުންކުރުން


3. ޕޮމޮޑޯރޯ ޓެކްނިކް

  • 25 މިނިޓް ކިޔެވުމަށްފަހު 5 މިނިޓްގެ ބްރޭކެއް ނެގުން
    4 ސެޝަނަށްފަހު 15-30 މިނިޓްގެ ދިގު ބްރޭކެއް ނެގުން
    ވަގުތު ބެލުމަށް ޓައިމަރ ބޭނުންކުރުން


4. ރިވިޝަން ސްޓްރެޓެޖީސް

ކުރީގެ އިމްތިހާނު ކަރުދާސްތައް ހައްލުކުރުން
އެހެން ދަރިވަރުންނާއެކު މަޝްވަރާކުރުން
ޓީޗަރުންގެ އިރުޝާދު ހޯދުން
މުހިންމު ޕޮއިންޓްތައް ތަކުރާރުކޮށް މުރާޖަޢާކުރުން


5. ހެޔޮ އާދަތައް ދެމެހެއްޓުން

  • ރޭގަނޑު ރަނގަޅަށް ނިދުން
    ކަސްރަތުކުރުން
    ރަނގަޅު ކާނާ ކެއުން
    ގިނަ ގިނައިން ފެން ބުއިން


6. ޓެކްނޮލޮޖީ ބޭނުންކުރުން

  • އޮންލައިން ލަރނިންގ ޕްލެޓްފޯމްތައް ބޭނުންކުރުން
    ތަޢުލީމީ އެޕްތައް ބޭނުންކުރުން
    އޮންލައިން ކުއިޒްތައް ހެދުން
    ޔޫޓިއުބް ޓިއުޓޯރިއަލްތައް ބެލުން


7. އަމިއްލަ ވަގުތު މެނޭޖްކުރުން

  • ސޯޝަލް މީޑިއާ ބޭނުންކުރާ ވަގުތު މަދުކުރުން
    ކިޔެވުމަށް އުނދަގޫވާ ކަންކަމުން ދުރުހެލިވުން
    ޕްރައިއޮރިޓީ ލިސްޓެއް ހެދުން
    ލަނޑުދަނޑިތައް ކަނޑައެޅުން


    މި އުކުޅުތައް ބޭނުންކުރުމުގައި މުހިންމީ އަމިއްލަ ނަފްސަށް އެންމެ ފައިދާހުރި ގޮތްތައް ދެނެގަނެ، އެގޮތްތަކަށް އަމަލުކުރުމެވެ. ކޮންމެ ދަރިވަރަކަށްވެސް އެންމެ ރަނގަޅު ގޮތްތައް ތަފާތުވާނެއެވެ. އެހެންކަމުން، އަމިއްލައަށް އެންމެ ރަނގަޅު ގޮތް ހޯދައި، އެގޮތަށް ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ.