1915 ވަނަ އަހަރު ޖަޕާނުގައި ތަޢާރަފް ކުރެވިގެންދިޔަ މަކިޓާ ބްރޭންޑުގެ ޕަވަރ ޓޫލް ތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑެކެވެ.

މަކިޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރި އަރަމުން ދިއުމާއި އެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. މި ޕަރޓްނަރޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދު ނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލް ތަކެއް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. 

މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބާ ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް އެސްޓީއޯއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް އެސްޓީއޯއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް، މި މުނާސަބަތާއި ގުޅިގެން، ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަކިޓާގެ ޕްރޮޑަކްޓްތައް ބައްލަވައިގަނެގެން %25 އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ދިގު ޕާރޓްނަރޝިޕް ފާހަގަކުރުމުގެ ގޮތުން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަނުން ކުރިއަށްގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެކެވެ. 

މި ޕްރޮމޯޝަން ކުރިއަށްދާނީ 17 އޮގަސްޓް 2025 އިން ފެށިގެން 30 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި އެސްޓީއޯ ކޮންސްޓްރަކްޝަނުން ވިއްކާ މަކިޓާގެ ގިނަ ޕަވަރ ޓޫލްތަކަކުން %25 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމްގައެވެ.