އަންހެނުންނަކީ ފިރިހެނުންނަށްވުރެ އަވަހަށް މުސްކުޅިވާ ބައެއް ކަމަށް ގިނަ މީހުން ދެކެއެވެ. މިއަދުގެ ދުނިޔޭގައި ފިރިހެނުންނަށް އެމީހުންނަށްވުރެ ދޮށީ އަންހެނުން ދެކެ ލޯބިވެވުމަކީ އާންމުވަމުން އަންނަ ކަމެކެވެ. މިއީ ކުރީގެ މުުޖުތަމައުތަކުގައި ވަރަށް ނުފެންނަ މަންޒަރެކެވެ. އެހެން ނަަމަވެސް މިހާރު މިއީ ރާއްޖޭގައި ވެސް ފެންނަ ޓްރެންޑެއް ކަމަށް ބުނެވިދާނެއެވެ. ކުރީގެ އާދަކާދަތަކާ ޚިލާފަށް އިޖުތިމާޢީ ބަދަލުތަކާއެކު މުޖުތަމައުއިން މިކަން އިތުރަށް ބަލައިގަންނަން ފަށާފައިވެ އެވެ. ކުރީގައި ގިނަ ފިރިހެނުން އެމީހުންނަށްވުރެ ހަގު އަންހެނުން ހޯދަން މަސައްކަތްކުރިއެވެ. އަދި އުމުރުން ދޮށީ އަންހެނުންނާ ގުޅުން ބޭއްވުމަކީ މަލާމާތެއް ކަމުގައި ދެކުނެވެ.

މިކަމުގެ ފަހަތުގައި ވެސް ސައެންސެއް ވާ ކަމަށް ބެލެވެ އެވެ. 

ނަފްސާނީ ސަބަބުތައް
ނަފްސާނީ މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުން އެމީހަކަށްވުރެ ދޮށީ އަންހެނުން ދެކެ ލޯބިވަނީ ތިރީގައިވާ ސަބަބުތަކާ ގުޅިގެންނެވެ.

  • ދޮށީ އަންހެނުންގެ ކިބައިގައި ހުންނަ ފުރިހަމަކަމާއި ޕަރސަނަލިޓީ- އެއްވެސް މީހަކީ ފުރާވަރުގައި ނުވަތަ އެންމެ ޒުވާން އުމުރުގައި އެންމެ ފުރިހަމައަށް ވިސްނުން ނުވަތަ 'މެޗޫރިޓީ' ހުންނަ ބައެއް ނޫނެވެ.

  • * އެމީހަކަށްވުރެ ދިރިއުޅުމުގެ ތަޖުރިބާ އިތުރުވުމުން މިފަދަ އަންހެނުން ދިރިއުޅުމުގެ ކަންކަމާއި ދޭތެރޭ ފުންކޮށް ވިސްނާނެއެވެ. 
    * އުމުރުން ދޮށީ ބައެއް އަންހެނުން އެއްބައި ހާލަތްތަކުގައި ތިބާއަށްވުރެ ބޮޑަށް މާލީ ގޮތުން ތަނަވަސްވެ، މާލީ ގޮތުން ފިރިހެނަކަށް ބަރޯސާވާ މިންވަރު ދަށްވެދާނެއެވެ. 

މިފަދަ ކަންކަމަކީ ޒުވާން ފިރިހެނުންނަށް އުމުރުން ދޮށީ އަންހެނުން ކަމުދާ ސަބަބުތަކެވެ.

މަޝްހޫރު މިސާލުތައް
ދުނިޔޭގެ މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ ތެރެއިން:

ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާ (10 އަހަރުގެ ތަފާތު) - ނިކް ވަނީ އޭނާއާއި ގާތްގަނޑަކަށް އެއް އުމުރުގެ މޮޑެލްއަކާއި ރައްޓެހިވެފައެވެ. އެކަމަކު އޭނާއަށްވުރެ ކާމިޔާބު އަދި މަޝްހޫރު ހޮލީވުޑް ތަރި ޕްރިޔަންކާއާއި އިންސްޓަގްރާމް އިން ދިމާކުރުމަށްފަހު ނިކް ޕްރިޔަންކާއަށް މާބޮޑަށް ހިތްކިއެވެ. ޕްރިޔަންކާ ބުނިގޮތުގައި އޭނާއަށް އިންސްޓަގްރާމްއިން ވާހަކަދައްކަން އިސްނެގީ ނިކްއެވެ.


އެމެނުއަލް މެކްރޯން އާއި ބްރިޖިޓް މެކްރޯން (24 އަހަރުގެ ތަފާތު) - ފަރަންސޭސި ރައީސްއާއި ފަސްޓް ލޭޑީ އެންމެ ފުރަތަމަ ބައްދަލުވީ ސްކޫލުންނެވެ. އޭރު ބްރިޖިޓްގެ އަންހެން ދަރިފުޅާއި މެކްރޯންއަކީ ކްލާސް މޭޓުންނެވެ. އަދި ބްރިޖިޓްއަކީ މެކްރޯންގެ ކްލާސް ޓީޗަރެވެ. މެކްރޯން ބްރިޖިޓްއަށް ހިތްކިޔާކަން އެނގުމުން މެކްރޯންގެ އާއިލާއިން ވަނީ އޭނާ ފްރާންސްއިން ބޭރަށް ކިޔެވުމަށް ފޮނުވާފައެވެ. އެކަމަކު ކިޔެވުން ނިންމާލުމަށްފަހު މެކްރޯން ވަނީ ބްރިޖިޓްއާއި އޮންނަ ގުޅުން ދަމަހައްޓާފައެވެ. 


މިހާރުގެ ޓްރެންޑް


މިހާރުގެ ޒުވާނުން ބަލަނީ:

  • އުމުރަށްވުރެ ޝަޚްޞިއްޔަތަށް
    ވިސްނުމުގެ ފުރިހަމަކަމަށް
    ދިރިއުޅުމުގެ ތަޖުރިބާއަށް


    މިއަދުގެ ދުނިޔޭގައި ލޯބީގެ ގުޅުންތައް ބިނާވަނީ އުމުރަށްވުރެ ބޮޑަށް ދެމީހުންގެ ވިސްނުމާއި އެއްބަސްވުންތަކުގެ މައްޗަށެވެ. އުމުރުގެ ތަފާތަކީ ލޯތްބަށް ހުރަސްއެޅޭ ކަމެއް ނޫންކަން މިހާރުގެ ޖީލުތަކަށް ވަނީ ވިސްނިފައެވެ. މިއީ ޒަމާނާއެކު އައިސްފައިވާ ބަދަލެއް ކަމުގައި ބެލެވެ އެވެ.