ރާއްޖޭގައި އާންމު ކެއްސާތީ ބޭހެއް ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އެލާޓެއްގައި ވަނީ ރާއްޖޭގެ މާރކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެއޮތޯރިޓީގެ ފަރާތުން މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ ބޭހުގެ މާރކެޓް ސާވެއިފަންސް ކުރުމުގެ މަސައްކަތުގެ ތެރެއިން، Cofsy ސިރަޕުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުނެފައިވެ އެވެ.

ވީމާ، މިއަދުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ ޕްރޮޑަކްޓް، ރާއްޖެ އިމްޕޯޓް ކުރުމާއި، ވިއްކުމާއި، އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ އިދާރާއިން އަންގާފައިވެ އެވެ. އަދި އެއްވެސް ފާރމަސީއެއް ގައި މިބޭސް ހުރި ނަމަ, ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެދިފައިވެ އެވެ.

މިބޭސް ބޭނުން ކުރުމުގެ ސަބަބުން، މިހާތަނަށް އެއްވެސް ފަރާތަކުން ޞިއްޙީ މައްސަލައެއް ދިމާވެގެން އެއޮތޯރިޓީ އަށް ރިޕޯޓް ކޮށްފައި ނުވާކަން މި އެލާޓްގައި ފާހަގަކޮށްފައިވެ އެވެ.

#GenericBrand/DosagePictureManufacturer/countryNameform/Strengthof Origin1Salbutamol Sulphate,Ambroxol, GuaiphenesinSalbutamol& Menthal SyrupSulpahteMMC Healthcare Ltd.,BP +Cofsy SyrupNo34-B,SidcoAmbroxolImg + 15mg+IndustrialEstateHydrochloride50mg + mginThirumazhisai,BP +100 ml5ml (100ml)Chennai-600124,GuiphenesinIndiaBP + MentholBP

އެމްއެފްޑީއޭ އިން ބުނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިރަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރައްވާށެވެ.