އެސްޓީއޯ ޕީޕަލްސް ޗޮއިސުން "މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 

މި ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯއިގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ އަދި ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމު ތަކެއް ލިބިގެންދާނެއެވެ.

އެގޮތުން އިނާމުތަކުގެ ތެރޭގައި:

1 ވަނަ އަށް ހޮވޭ ފަރާތަކަށް - ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް ލިބިގެންދާނެ

2 ވަނަ އަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް ލިބިގެންދާނެ 

3 ވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް ލިބިގެންދާނެ

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ.

އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކުރައްވައިގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް  #MegaSalePC އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮއްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއަރ ފަރަޔަރ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 ން ފެށިގެން 20 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.