އެސްޓީއޯއިން ވިއްކަމުން ގެންދާ މަޝްހޫރު ޑެވޮންޑޭލަށް ހާއްސަ ކޮށްގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 

މި ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ 1 ލީޓަރުގެ ކިރު ކޭހެއް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެއެވެ. 

މި ޕްރޮމޯޝަންގައި ދޫކުރާ 30 ހާސް ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ.

މިއިން ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. މި ގުރުއަތުގައި ހޮވޭ 3 ފަރާތުގެ ތެރެއިން

 1 ވަނައަށް ހޮވޭ ފަރާތައް-  50،000 ރުފިޔާ

 2 ވަނައަށް ހޮވޭ ފަރާތައް – 25،000 ރުފިޔާ

3 ވަނައަށް ހޮވޭ ފަރާތައް – 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. 

 

މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓަރ، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިގައެވެ. އަދި 1 ސެޕްޓެމްބަރު 2025 ން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް މި ޕްރޮމޯޝަން ފުޅާ ކުރެވިގެންދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮގަސްޓް 2025 ން ފެށިގެން 31 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.