ބްލަޝްއަކީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކާވެސް ގުޅޭނެ ހާއްސަ މޭކަޕެކެވެ. އެކަމަކު މި މޭކަޕް ތިބާގެ މޫނާއި ނުގުޅޭ ގޮތަށް ކޮށްފިއްޔާ އެހާ ފުރިހަމައެއް ނުވާނެއެވެ. އަދި މާ ގަދައަށް ޖައްސައިފިއްޔާ ޖޯކަރެއް ވައްތަރު ޖަހާނެއެވެ. ހަމަ އެގޮތަށް ކޮންމެ މޫނެއްގެ ބައްޓަމަކަށްވެސް އެންމެ އެކަށީގެންވާ ބްލަޝް ޖެއްސުމުގެ ގޮތެއް ވެއެވެ. މޫނުގެ ބައްޓަން ރަނގަޅަށް ދެނެގަނެ، އެއާ ގުޅޭގޮތަށް ބްލަޝް ޖެއްސުމުން މޫނުގެ ވަށްމިނާއި ފުރިހަމަކަން އިތުރުވެގެންދާނެއެވެ. އަދި މީގެ އިތުރުން ބްލަޝް ޖައްސާއިރު ބޭނުންކުރާ ޓޫލްސްތަކާއި ޓެކްނީކްސްއަށްވެސް ސަމާލުކަން ދިނުން މުހިންމެވެ. މީގެ އިތުރުންވެސް، ބްލަޝް އެހާ ގަދައަށް ނުޖައްސަން ފަރުވާތެރިވާށެވެ. ކުލަ މެދުމިނެއްގައި ބެހެއްޓުމުން ވަރަށް ނެޗުރަލް ލުކްއެއް ގެނެސްދޭނެއެވެ.  

ހާޓް ޝޭޕް މޫނުގައި ބްލަޝް ޖައްސާނީ:

ނިއްކުރި ކުރުކޮށް ހުންނާތީ، ކޯތާފަތުގެ މެދުން ފެށިގެން މައްޗަށް ބްލަޝް ޖެއްސުން
ބްލަޝް ޖައްސަންވާނީ މަޑުމަޑުން އަޕްވާޑް މޯޝަންގައި
ކުލަ ގަދަނުކޮށް، ސޮފްޓް ލުކެއްގައި
ޗީކްބޯންގެ މަތީގައި މަޑު ކުލައެއްގައި ބްލެންޑްކޮށްލުން

އޮބްލޯންގް މޫނުގައި ބްލަޝް ޖައްސާނީ:

މޫނު ދިގުކޮށް ހުންނާތީ، ހޮރައިޒޮންޓަލްކޮށް ބްލަޝް ޖެއްސުން
ސީދާ ޗީކްބޯންގެ މަތީގައި ބްލަޝް ޖެއްސުން
ކަންފަތާ ދިމާއަށް ބްލެންޑްކުރުން
މޫނު ކުރުކަމަށް ދައްކުވައިދިނުމަށް "C" ޝޭޕްގައި ބްލަޝް ޖެއްސުން

ވަށް މޫނުގައި ބްލަޝް ޖައްސާނީ:

  • މޫނު ދިގުކޮށް ދައްކުވައިދިނުމަށް އެންގަލްކޮށް (ކައްޗަށްވާހެން) ބްލަޝް ޖެއްސުން
    ޗީކްބޯންގެ މަތީގައި 45 ޑިގްރީ އެންގަލްއެއްގައި
    ކަންފަތާ ދިމާލަށް ދާގޮތަށް
    މޫނުގެ މެދުން ބޭރަށް ބްލެންޑްކުރުން

    ސްކުއެއަރ މޫނުގައި ބްލަޝް ޖައްސާނީ:
  • ބްލަޝް ޖައްސަންވާނީ ކައްޗަށްވާހެން
    ޗީކްބޯންގެ މަތީގައި އަޕްވާޑް އެންގަލްއެއްގައި
    މަޑު ކުލަތަކުން ބްލެންޑްކުރުން

    ޑަޔަމަންޑް މޫނުގައި ބްލަޝް ޖައްސާނީ:
  • ޗީކްބޯންގެ އެންމެ ތުނި ހިސާބުގައި
    ހޮރައިޒޮންޓަލްކޮށް ބްލެންޑްކުރުން
    މޫނުގެ މެދަށް ފޯކަސްކޮށްގެން

    އާންމު ޓިޕްސް

  • އަބަދުވެސް ރަނގަޅު ލައިޓިންގއެއްގައި ބްލަޝް ޖެއްސުން
    ރަނގަޅު ބްރަޝެއް ބޭނުންކުރުން
    ބްލަޝް ޖެއްސުމުގެ ކުރިން މޫނުގެ ބޭސް މޭކަޕް ރަނގަޅަށް ހިއްކުން
    ބްލަޝް ޖެއްސުމަށްފަހު ރަނގަޅަށް ބްލެންޑްކުރުން
    އުމުރުން ދުވަސްވާ ވަރަކަށް މޫނުގެ މަސްތައް ތުނިވަމުންދާނެއެވެ. ވީމާ، މޫނުގެ މެދުގައި ބްލަޝް ނުޖެއްސުމަށް ސަމާލުވާންވާނެ