ރާއްޖޭގައި މިހާރު އެންމެ މަޝްހޫރީ ދެކުނު ކޮރެއާގެ މަޝްހޫރު ސްކިންކެއާ ޕްރޮޑަކްޓްތަކެވެ. އެކަމަކު ދެކުނު ކޮރެއާގެ ބިއުޓީ ޕްރޮޑަކްޓްތައް ރާއްޖޭގެ ވައިގައި ހިފުމުގެ ކުރިން ދިވެހިންނަށް ވަރަށް މަގްބޫލުވި ހަންގަނޑަށް ހާއްސަ އެއްޗެއް ހިތަށް އަރުވައިފިއްޔާ. ލިސްޓުގެ އެންމެ ކުރީގައި އެލޯވެރާ ޖެލް ހިމެނޭނެއެވެ. ފާމަސީތަކުން މި ޖެލްގެ އެކި ބްރޭންޑްތައް ވިއްކާއިރު އެލޯވެރާ އަޅާފައިވާ އެކި އެކި ހަމުގެ ކްރީމާއި ލޯޝަނާއި މޫނުދޮންނަ އެއްޗެހި ރާއްޖޭގެ ބާޒާރުގައި ފަތުއަޑު ކިޔާފައި ވިކެއެވެ. ސަބަބުތަކާއި ނުލާއެއް ނޫނެވެ. އެކްޒީމާ ފަދަ ކުރަކި ހަމުގެ މައްސަލަ ހުންނަ މީހުންނަށް ރާހަތެއްގެ ގޮތުގައި އަދިވެސް ޑޮކްޓަރުން އެލޯ ވެރާ ޖެލް ބޭސްސިޓީގައި ޖަހާއުޅެއެވެ. ހަމައެގޮތަށް ސަންސްކްރީނާއި އާފްޓަރ ސަން (އަވީގައި އުޅުމަށްފަހު ހާކާ ލޯޝަން) އެއްގެ ގޮތުގައި އެލޯވެރާ ބޭނުންކުރެއެވެ. އެލޯވެރާ ޖެލްއަކީ ގަސްގަހާގެހީގެ ތެރެއިން ހަމުގެ ސިއްހަތަށް އެންމެ ފައިދާހުރި އެއް އުފެއްދުމެވެ. މިއީ ގުދުރަތީ ގޮތުން ލިބޭ، ހަމުގެ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދޭ އެއްޗެކެވެ.
އެލޯވެރާ ޖެލްގެ މައިގަނޑު ފައިދާތައް
1. ހަން ފިނިކުރުމާއި މޮއިސްޗަރައިޒްކުރުން:
- ހަން ފިނިކޮށްދީ ، ކުރަކި ކަން ނައްތާލާ
ހަމުގެ ތެތްކަން ދެމެހެއްޓުން
ހިރުވުން ފަދަ މައްސަލަތަކަށް ރާހަތެއް ގެނެސްދޭ
2. އިރުގެ އަލިން ހަންގަނޑަށް ރައްކާތެރިކަން:
ހަމުގެ ފަށަލަތައް ބަލިކަށިކޮށްދޭ ފޮޓޯއޭޖިން މެދުވެރިކުރުވާ އިރުގެ ޔޫވީ ރޭސްއިން ކޮންމެވެސް ވަރަކަށް ރައްކާތެރިކަން ފޯރުކޮށްދޭ
ސަންބާން ވުމުން ނުވަތަ އަވީގައި އުޅެގެން ހަންގަނޑު ރަތްވުމުން ލިބޭ ގެއްލުން ކުޑަކުރޭ
3. ހަމުގެ ޒުވާންކަން ދެމެހެއްޓުން:
- އެންޓި-އޭޖިންގ ޚާއްސިއްޔަތު ހިމެނޭ
ހަމުގެ އިލާސްޓިސިޓީ އިތުރުކުރޭ
ހަމުގެ ކުލަ އަލިކުރުމާއި ބިހިނެގުން މަދުކުރުން.
އޮށާޅަ ފަސޭހަކޮށްދިނުން
އެލޯވެރާ ޖެލްގައި ހިމެނޭ:
- ވިޓަމިން ސީ: ހަމުގެ ކުލަ އަލިކޮށްދެއެވެ
އެންޓި-އިންފްލެމެޓަރީ ޚާއްސިއްޔަތު: ބިހިނެގުން މަދުކުރެއެވެ
އެންޓި-ބެކްޓީރިއަލް ޚާއްސިއްޔަތު: ހަމުގެ އިންފެކްޝަންތަކުން ރައްކާތެރިކުރޭ.
އޮށާޅަ ނަގާ ސަރަހައްދުތަކުގެ ބެކްޓީރިއާގެ އަސަރުތައް ކުޑަކޮށްދިނުން
އެލޯވެރާ ޖެލްގެ ސަބަބުން:
*އޮށާޅައިގެ ނިޝާންތަކުގެ ކުލަ ފިލުވައިދޭ
ހަމުގެ ރިޕެއަރިންގ ޕްރޮސެސް އަވަސްކޮށްދޭ
ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން
އެލޯވެރާ ޖެލް ބޭނުންކުރުމުގައި:
- ފުރަތަމަ ފަހަރު ކުޑަ ސަރަހައްދެއްގައި ޓެސްޓްކުރުން
ސާފު، ޕިޔޯ އެލޯވެރާ ޖެލް ބޭނުންކުރުން
ގަވާއިދުން ބޭނުންކުރުން
އެހެން ސްކިން ކެއަރ ޕްރޮޑަކްޓްތަކާއެކު ބޭނުންކުރެވިދާނެ
މިއީ ހުރިހާ ބާވަތެއްގެ ހަމަކާވެސް ގުޅޭ، ރައްކާތެރި އަދި އަގުހެޔޮ އުފެއްދުމެކެވެ. ނަމަވެސް، އެއްވެސް އެލަރޖީއެއް ހުރިނަމަ، ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.