ކްރިސްޕީ ބްރެޑް ފްރައިޒްއަކީ ގޭގައި ތައްޔާރުކުރަން ފަސޭހަ، ރަހަމީރު ނާސްތާއެކެވެ. މިއީ ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި:
• 4-5 ޕާން ފޮތި
• ބިސް 2
• ކިރު 3 މޭޒުމަތީ ސަމުސާ
• ލޮނު 
• މުގުރި އަސޭމިރުސް
• ފާރޮށި ކުނޑި (ފާރޮށި މުގުރައިގެން ނުވަތަ ޕާން މިކްސްޗަރަކުން ހުހަށް ގިރާލެވިދާނެ)
• ތެޔޮ (ތެލުލުމަށް)

ތައްޔާރުކުރާނެ ގޮތް:
1.
• ޕާންގެ ކައިރިތައް ކަނޑާލާށެވެ. ކޮށަންވާނީ ފްރެންޗް ފްރައިޒްގެ ބައްޓަން ހުންނަގޮތަށް ދިގަށެވެ. 

2. ބެޓަރ ތައްޔާރުކުރުން:
• ބިސް ރަނގަޅަށް ގިރާލާށެވެ.
• އޭގެ ތެރެއަށް ކިރު އަޅާ ރަނގަޅަށް އެއްކުރާށެވެ.
• ލޮނާއި އަސޭމިރުސް އަޅާ، ރަހަ މީރުކޮށްލާށެވެ.

3. ބްރެޑް ކޯޓިންގ:
• ކަނޑާފައިވާ ޕާން ފޮތިތައް ބިހާއި ކިރުގައި ފޯކުރާށެވެ. 
• އެއަށްފަހު އޭގައި ރަނގަޅަށް ފާރޮށި ކުނޑިލާށެވެ.

4. ތެލުލުން:
• ތެއްޔެއްގައި ތެޔޮ ހޫނުކުރާށެވެ.
• މެދުމިން ހޫނުމިނެއްގައި ފްރައިޒްތަކުގައި މުށިރަންކުލަ ޖެހެންދެން ތެލުލާށެވެ. 
• ދެފަރާތް ރަނގަޅަށް ފްރައި ކުރާށެވެ.

ސަރވް ކުރުން:
ކްރިސްޕީ ބްރެޑް ފްރައިޒްއާއެކު ޓޮމާޓޯ ސޯސް، މަޔޮނައިޒް ނުވަތަ ޗިލީ ސޯސް ބޭނުންކުރެވިދާނެއެވެ.

ޚާއްޞަ ޓިޕްސް:
• ފާރޮށި ކުނޑި ތެރެއަށް އިތުރު ސްޕައިސަސް އެއްކޮށްލެވިދާނެއެވެ. 
• ޕާން ތައްޔާރުކުރާއިރު އެއްވަރު ސައިޒަކަށް ކެނޑުމަށް ސަމާލުވާށެވެ. އޭރުން ތެލުލާން ފަސޭހަވާނެއެވެ.
• ތެޔޮ މާ ހޫނުވެފައި ހުރެގެން ނުވާނެއެވެ.
• ތެލުލާއިރު އެއްފަހަރާ ގިނައަދަދު ނާޅާށެވެެ. 

މި ރެސިޕީއަކީ ވަރަށް \ރަހަމީރު ނާސްތާއެކެވެ. ޚާއްޞަކޮށް ހަވީރު ސަޔަށް ފައްކާ އަދި ތައްޔާރުކުރަން އެހާމެ ފަސޭހަ ކެއުކެވެ.