ސޯޝަލް ސެންޓަރުގައި އަޅާ ފްލޫ ކްލިނިކަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދީފި އެވެ.

އެސްޓީއޯ އިން ބުނީ ސޯޝަލް ސެންޓަރުގައި ގާއިމް ކުރަމުން އަންނަ ފްލޫ ކްލިނިކަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދިނީ އެކުންފުނީގެ ސީއެސްއާރްގެ ދަށުން ކަމަށެވެ. އަދި އެތަކެތި މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

އެތަކެތީގެ ތެރޭގައި ފުރާޅު އެޅުމަށް ބޭނުންވާ ޓިނު ފަދަ ތަކެތިވެސް ހިމެނޭ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ކޮވިޑް19 ގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފްލޫ ކްލިނިކްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، އެސްޓީއޯ އިން އަންނަނީ ކޮވިޑް19 އާއި ގުޅިގެން ގިނަ ގުނަ އެހީތަކެއް ދައުލަތުގެ އިދާރާތަކުން ވަމުންނެވެ.

ކޮވިޑް19 ގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ބޭހާއި އެހެނިހެން ބައެއް ސިއްހީ ސާމާނުތައް އެސްޓީއޯ އިން އަންނަނީ ފޯރުކޮށްދެމުން ނެވެ.