ޖިންސެންގް އެންމެ ގިނައިން އުފައްދަނީ ދެކުނު ކޮރެއާ، ޗައިނާ އަދި އުތުރު އެމެރިކާގައެވެ. މިއީ އިންޑިއާގައި ވެސް ހައްދާ އުޅޭ ފަތްޕިލާވެއްޔެކެވެެ. ދެކުނު ކޮރެއާގެ ޖިންސެންގް (ކޮރެއަން ރެޑް ޖިންސެންގް) އެއީ އެންމެ ފެންވަރު ރަނގަޅު އަދި އަގުބޮޑު ބާވަތް ކަމުގައި ބެލެވެ އެވެ. ރާއްޖޭގައި މިވަގުތު ޖިންސެންގް ލިބެން ހުރީ ބައެއް ދިވެހި ބޭސްވެރިކަން ކުރާ ފިހާރަތަކުންނެވެ.

ޖިންސެންގްގެ މުހިންމު މާއްދާތައް


ޖިންސެންގްގައި ހިމެނޭ މައިގަނޑު މާއްދާތަކަކީ:

ޖިންސެނޮސައިޑްސް (Ginsenosides)
އެންޓިއޮކްސިޑެންޓްސް
ޕޮލިސެކަރައިޑްސް - މިއީ މޮއިސްޗަރައިޒަރެއްގެ ގޮތުގައި މަސައްކަތްކޮށް، ހަމުގެ ރައްކާތެރިކަމުގެ ހުރަސް ވަރުގަދަކޮށް، ހަމުގެ ސެލްތައް އާލާވުމަށް މަގުފަހިކޮށްދޭ މާއްދާއެކެވެ.


ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުން


ޖިންސެންގްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އަދި ޖިންސެނޮސައިޑްސްގެ ސަބަބުން:

ކޮލާޖަން އުފެއްދުން އިތުރުވެ އެވެ. މިއީ ހަންގަނޑުގެ ވާންކަމަށް މުހިންމު މާއްދާއެކެވެ. 
ހަންގަނޑުގެ ސެލްތައް އައުވުން އަވަސްވެ އެވެ.
ހަންގަނޑުގެ ތެތްކަން ދެމެހެއްޓެއެވެ.
ހަންގަނޑުގެ އިލާސްޓިސިޓީ އިތުރުވެ އެވެ.


ރީތިވުމަށް ބޭނުންކުރާ ގޮތްތައް

ޖިންސެންގަކީ ދެކުނު ކޮރެއާ މީހުން، އެމީހުންގެ ހަމުގެ އިތުރުން އިސްތަށިގަނޑުގައި ވެސް ބޭނުންކުރާ އެއްޗެކެވެ. ޖިންސެންގް ޖެލީ ވެސް މިއީ ދެކުނު ކޮރެއާ މީހުން އާދަވެެގެން ބޭނުންކޮށް އުޅޭ ބުއިމެކެވެ. ދެކުނު ކޮރެއާގައި މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މަގްބޫލު ފަތްޕިލާވެއްޔެއްގެ ގޮތުގައި އެގައުމު މީހުން ސިފަކުރެއެވެ. ޖިންސެންގް އަޅާފައިވާ ބޮލުގައިލާ ތެޔޮ ރާއްޖެއިން ވެސް މިހާރު ލިބެން ހުރެއެވެ. 


ރީތިވުމަށް ޖިންސެންގް ބޭނުންކުރެވޭ ގޮތްތައް:

  • ފޭޝަލް މާސްކްގެ ގޮތުގައި
    ސްކިން ކްރީމްތަކުގައި
    ސީރަމްތަކުގައި
    ކެޕްސޫލްގެ ގޮތުގައި ކެއުމަށް


ދެކުނު ކޮރެއާގައި ޖިންސެންގްގެ މަޤްބޫލުކަން


ދެކުނު ކޮރެއާގައި ޖިންސެންގް މަޤްބޫލުވެފައިވަނީ:

  • ޒަމާންވީ ބޭސްވެރިކަމުގެ ބައެއްގެ ގޮތުގައި
    ޒުވާންކަން ދެމެހެއްޓުމުގެ ސިއްރެއްގެ ގޮތުގައި
    އޭގެެއިން ލިބޭ ޞިއްޙީ ފައިދާތަކުގެ ސަބަބުން


އަގާއި ލިބެންހުރި މިންވަރު


ޖިންސެންގަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ޚާއްޞަކޮށް ކޮރެއަން ރެޑް ޖިންސެންގްއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ހާބަލް ބޭސްތަކުގެ ތެރެއިން އެއް ބާވަތެވެ. މި ގަސް ހެއްދުމަށް 4-6 އަހަރު ނަގާތީ، އަދި ވަކި ޚާއްޞަ މޫސުމެއްގައި ވަކި ޚާއްޞަ ތަންތަނުގައި އެކަނި ހެދޭތީ ޖިންސެންގް ލިބެން ހުންނަ މިންވަރު މަދެވެ.

ޖިންސެންގް ހެއްދުން
ޖިންސެންގް ހެއްދުމަކީ ވަރަށް ނާޒުކު މަސައްކަތެކެވެ. މި ގަސް ހެދެނީ:

  • ފިނި މޫސުމުގައި
    ވަކި ބާވަތެއްގެ ފަސްގަނޑެއްގައި
    ވަކި މިންވަރެއްގެ ހިޔަލުގައި
    ޚާއްޞަ އަޅާލުން ދީގެން

    ޖިންސެންގްއަކީ އޭގެ ޞިއްޙީ އަދި ޒީނަތްތެރިވުމުގައި ލިއްބައިދޭ ފައިދާތަކުގެ ސަބަބުން ވަރަށް އަގުހުރި އަދި މަޤްބޫލު ގުދުރަތީ ބޭހެކެވެ. ނަމަވެސް އޭގެ އަގުބޮޑުކަމާއި ލިބެން ހުންނަ މިންވަރު މަދުކަމުގެ ސަބަބުން، ގިނަ ބަޔަކަށް ލިބުން ދަތި އެއްޗެކެވެ. މިސާލަކަށް ބަލާނަަމަ، އަވަށްޓެރި އިންޑިޔާގައި ޖިންސެންގް ކިލޯއެއް ލިބެނީ ވެސް 90.9 ޑޮލަރު އެހާކަށްހާ ވަރަށެވެ.