ރޯޒްމޭރީއަކީ މެޑިޓެރެނިއަން ސަރަޙައްދުގައި އާންމުކޮށް ހެދޭ، ވަރަށް މީރުވަސްދުވާ ފަތްޕިލާވެއްޔެކެވެ. މިއީ ކާނާގެ ރަހަ މީރުކުރުމަށް ބޭނުންކުރުމުގެ އިތުރުން، ގިނަ ސިއްޙީ ފައިދާތަކެއް ލިބޭ ފަތްޕިލާވެއްޔެކެވެ.
1. ހަނދާން ގަދަކުރުން
ރޯޒްމޭރީގައި އެކުލެވޭ އެންޓީއޮކްސިޑެންޓްތަކުން ސިކުނޑީގެ ހަނދާން ބެހެއްޓުމުގެ ޤާބިލިއްޔަތުކަން އިތުރުކުރެއެވެ. އަދި އެލްޒައިމާސް ބަލި ޖެހުމުގެ ފުރުޞަތު ކުޑަކުރެއެވެ.
2. ކެންސަރު ސެލްތައް އުފެއްދުން ހުއްޓުވާ
ރޯޒްމޭރީގައި އެކުލެވޭ ކާނިކް އެސިޑްގެ ސަބަބުން ކެންސަރު ސެލްތައް އުފެދުން ހުއްޓުވައި، ކެންސަރު ބަލިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.
4. ދިފާއީ ނިޒާމް ވަރުގަދަކުރުން
ރޯޒްމޭރީގައި ވިޓަމިން ސީ އާއި އެހެނިހެން ނިއުޓްރިއެންޓްސް އެކުލެވިފައިވާތީ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ.
5. ބޮލުގެ ރިއްސުން ފިލުވުން
ރޯޒްމޭރީގެ ވަހުން ބޮލުގެ ރިއްސުން ލުއިކޮށްދޭކަން ދިރާސާތަކުން ދައްކައެވެ. އަދި ނިދި ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށްވެސް އެހީތެރިވެދެއެވެ.
6. ހަޖަމުކުރުން ރަނގަޅުކުރުން
ރޯޒްމޭރީ ބޭނުންކުރުމުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ގޭސްޓްރިކް އަދި ގިނައިން ބަނޑުހައިވުމުގެ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވެދެއެވެ.
7. އިސްތަށި ދިގުކުރުން
ރޯޒްމޭރީ ތެޔޮ ބޭނުންކުރުމުން އިސްތަށިގަނޑު ދިގުވެ، އިސްތަށި ފޭބުމުގެ މައްސަލަ ޙައްލުކޮށްދެއެވެ. އަދި ބޮލުގައި ހުންނަ ޑޭންޑްރަފް ނައްތާލުމަށްވެސް އެހީތެރިވެދެއެވެ.
8. ލޭ ދައުރުވުން ރަނގަޅުކުރުން
ރޯޒްމޭރީ ބޭނުންކުރުމުން ލޭ ދައުރުވުން ރަނގަޅުކޮށް، ލޭ ގަނޑުވުމުގެ މައްސަލަތައް ކުޑަކުރެއެވެ.
9. ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން
ރޯޒްމޭރީގެ ވަހުން ނަފްސާނީ ބަލިތަކުން ލިބޭ ސްޓްރެސް ކުޑަކޮށް، މޫޑު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.
10. ހަމުގެ ސިއްޙަތު ރަނގަޅުކުރުން
ރޯޒްމޭރީގައި އެކުލެވޭ އެންޓީ-ބެކްޓީރިއަލް އަދި އެންޓީ-އިންފްލެމެޓަރީ ބާވަތްތަކުން ހަމުގެ މައްސަލަތައް ކުޑަކޮށް، އޮށާޅަ ފަދަ އުނދަގޫތައް ޙައްލުކުރުމަށް އެހީތެރިވެދެއެވެ.
11. ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުން
ރޯޒްމޭރީ ބޭނުންކުރުމުން ބަނޑުގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށްދެއެވެ. މިކަމުން ބްލަޑް ޝުގަރ މިންވަރު ދަށްކޮށްދެއެވެ.
ބޭނުންކުރާނެ ގޮތް
ރޯޒްމޭރީއަކީ ސަޔާއެއްކޮށްވެސް ބޮވިދާނެ އެއްޗެކެވެ. ހަމަ އެގޮތަށް ޕާސްޓާ ފަދަ ގިނަ ކެއުންތަކުގެ ރަހަ މީރުކުރުމަށް މި ފަތް ބޭނުންކޮށް އުޅެއެވެ. މިހާރު ބާޒާރުގައި ރޯޒްމޭރީ އެސެންޝަލް އޮއިލްވެސް ލިބެންހުރެއެވެ. ބައެއް ބާވަތުގެ އެސެންޝަލް ތެލަކީ ވަކި މިންވަރަކަށް ބޭނުންކޮށްގެން ހަންގަނޑާ އިސްތަށިގަނޑުގެ ރީތިކަން ދަމަހައްޓާ އެއްޗެއްސެވެ.
ރޯޒްމޭރީ ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތައް:
- މާބަނޑު އަންހެނުން މިފަތް ގިނައިން ބޭނުންކުރުން އެހާ އެދެވިގެން ނުވެއެވެ.
ލޭގެ ޕްރެޝަރުގެ މައްސަލަ ހުންނަ މީހުން ޑޮކްޓަރާ މަޝްވަރާކޮށްގެން ނޫނީ ރޯޒްމޭރީ ފަތް ބޭނުންކުރަން ނުވާނެއެވެ.
ކޮންމެ އެއްޗެއްވެސް އަލަށް ބޭނުންކުރާއިރު އެލަރޖީގެ މައްސަލަ ހުރިތޯ ބެލުން މުހިންމެވެ.