ކޮކޯ ސްޓޫޑިއޯއިން އުފައްދަމުން އަންނަ ވެބް ސީރީޒް "ލޯބިވިއަސް"ގެ ޝޫޓިންގ ނިންމައި ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފަށައިފިއެވެ.
ލޯބީގެ ހިތްގައިމު ވާހަކައަކަށް ތައްޔާރުކުރާ 8 އެޕިސޯޑްގެ މި ވެބް ސީރީޒްގެ މައިގަނޑު ރޯލުތައް ކުޅޭ ތަރިންނަކީ މުޙައްމަދު ފައިސަލް، ނާޝިދާ މުޙައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބު (ނުޒޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަޙްމަދު ޢީސާ (އާނަންދު) އަދި އަޙްމަދު އާސިމެވެ. އަދި ސަޕޯޓިންގ ރޯލުތަކުން ފާޠިމަތު ފައިނާ، އަޙްމަދު ޝާން، މުޙައްމަދު ރިފްޝާން، އާމިނަތު ޝަމްރާ، ޢައިޝަތު ޝިފާނާއާއި މުޙައްމަދު ރަޝާދުގެ އިތުރުން އަލަށް ތަޢާރަފުކުރާ ﷲޢަބްދު މާއިޒް އަޙްމަދު ފެނިގެންދާނެއެވެ.

މަޝްހޫރު ކެމެރާމަން ކޮކޯ ޙަސަން ޙަލީމް ކެމެރާކޮށްފައިވާ މި ސީރީޒްގެ މޭކަޕްތައް ކޮށްދީފައިވަނީ އަނޫޝާއެވެ. އަންނަ ޖޫން މަހު ބައިސްކޯފުން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ "ލޯބިވިއަސް" ސީރީޒް އެޑިޓްކޮށް ޑައިރެކްޓްކުރަނީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ މުޙައްމަދު ފައިސަލްއެވެ.
