އިޓަލީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް ، ޖިއޮޖިއޯ އަރްމާނީ އުފެއްދި ބާނީ ކަމުގައިވާ ފެޝަން ޑިޒައިނަރ ޖިއޯޖިއޯ އިއްޔެ މަރުވެއްޖެ ކަމަށް އޭނާގެ ކުންފުނިން ބުނެފިއެވެ.
ޖިއޮޖޮއޯ އަރްމާނީ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 91 އަހަރުގައި މަރުވި އަރްމާނީ ދުނިޔެ އިން ވަކިވީ އިޓަލީގެ އުތުރުގެ ސިޓީއެއްގައި ހުއްޓާ ކަމަށެވެ. އަލްޖަޒީރާގެ ރިޕޯޓުގައިވާ ގޮތުން، އަރްމާނީ މަރުވި ސަބަބު އޭނާގެ އާއިލާ އަދި ކުންފުނިން ހާމަކޮށްފައި ނުވެެެ. މިއީ އޭނާ މަރުވުމުގެ ކުރިން މިއަހަރު ބޭއްވި މިލާން ފެޝަން ވީކަށް އޭނާ ޒިޔާރަތްނުކުރާ ފުރަތަމަ ފަހަރުކަން ވެސް ކުންފުނިން ފާހަގަކޮށްފައިވެ އެެ.
1975 ވަނަ އަހަރު އިޓަލީއަށް އުފަން ޖިއޯޖިއޯ އަރްމާނީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑް ކަމުގައިވާ "އަރްމާނީ" ގެ ބާނީއެވެ. އޭނާ ވަނީ ފެޝަން ދުނިޔެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އަދި އޭނާގެ ބްރޭންޑަކީ ހޮލީވުޑްގެ މަޝްހޫރު ތަރިންނާ ދުނިޔޭގެ މަޝްހޫރު ޝަހްސިއްޔަތުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ.
އަރްމާނީ ބްރޭންޑް 1975 ވަނަ އަހަރު އުފެއްދުމަށްފަހު، އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ މީހަކަށް ވެފައެވެ. އަރްމާނީ ބްރޭންޑްގެ ދަށުން އަންނައުނުގެ އިތުރުން، ސެންޓު، ގަޑި އަދި އެހެނިހެން އެކްސެސަރީޒް ވެސް އުފައްދައެވެ.
އަރްމާނީ ވަނީ ފެޝަން ދުނިޔެއަށް ނުހަނު ބޮޑު ބަދަލުތަކެއް ގެނެސްދީފައެވެ. އޭނާގެ ޑިޒައިންތަކަކީ ފަންނީ ގޮތުން ފުރިހަމަ ޑިޒައިންތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭނާގެ ބްރޭންޑް މިއަދު ވެސް ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ތެރޭގައި ހިމެނެއެވެ.