ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަކޮށް، މޯލްޑިވްސް ގޭސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަރަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ. އެފްޑީސީން އިންތިޒާމްކޮށްފައިވާ ސަރވިސް ޓެންޓުގައި މި ޕެކޭޖު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މިއީ ފްލެޓު ލިބޭ އާއްމު ރައްޔިތުންނަށް ދިރިއުޅުން ފަސޭހަ ކޮށްދިނުމަށް ދެވޭ ވަރަށް ބޮޑު ލުޔެކެވެ.
މޯލްޑިވްސް ގޭހުން ތައާރަފްކުރި މި ހާއްސަ ޕެކޭޖުގެ އަގަކީ އެންމެ 795 ރުފިޔާއެވެ. އާއްމުކޮށް ގޭސް ފުޅިއެއް ހަމައެކަނި 1095 ރުފިޔާއަށް ވިއްކާއިރު، މި ޕެކޭޖުގެ ދަށުން 795 ރުފިޔާއަށް ފުލް ޕެކޭޖް (އުނދުން ފިޔަވާ ގޭސް ބޭނުންކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް) ލިބިގެންދާނެއެވެ. މިއީ ފްލެޓު ލިބޭ ފަރާތްތަކަށް ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ލިބިގެންދާނެ ކަމެކެވެ.
މޯލްޑިވްސް ގޭސްގެ އެސިސްޓަންޓް ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ އަހުމަދު ލަތީފް ވިދާޅުވީ، މިއީ ފަސޭހަ ދިރިއުޅުމުގެ 4000 ފްލެޓް ލިބޭ ފަރާތްތަކަށް ޙާއްސަކޮށްގެން ތައާރަފްކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. ގޭސް ފުޅި ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް މިއީ ފަސޭހަކޮށްދިނުމަށް ދެވޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެފްޑީސީއިން ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިންތިޒާމްކޮށްފައިވާ ސަރވިސް ޓެންޓުގައެވެ.
މި ޕެކޭޖްގެ ދަށުން ލިބޭ ބޮޑު ލުޔާއެކު، ފްލެޓު ލިބޭ އާއްމު ރައްޔިތުންނަށް ދިރިއުޅުމަށް ބަދަލުވުމުގެ ކުރިން ކުރަންޖެހޭ ހޭދަތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ.