އާދައިގެ ކަމެއް ނަމަވެސް، މި ފިނިހަަކައިގެ ހަށިގަނޑުގެ ހުރި މަދުން ނޫނީ ނުފެންނަ މައްސަލައެއްގެ ސަބަބުން ބައިވެރިއަކު ހޯދަން ނުކުޅެދިފައިވާ "ނެޑް" ނަމަކަށް ކިއާ ފިނިހަކައަކަށް އެހީވުމަށް، ނިއުޒީލެންޑްގައި މިހާރު ވަނީ ގައުމީ ކެމްޕޭނެއް ފަށާފައެވެ. ނެޑް އަކީ ވަރަށް ރީތި، ބަސްއަހާ އަދި ހިތްހެޔޮ ފިނިހަކައެއް ކަމަށް އެމީހުން ވަނީ ސިފަ ކޮށްފައެވެ.
ނަމަވެސް، ނެޑް އަށް އޭނާ ދިރިއުޅޭ ހިސާބުގައި އުޅޭ ފިނިހަކައިގެ ތެރެއިން ބައިވެރިއަކު މިހާތަނަށް ހޮވޭގޮތް ވެފައެއް ނުވެއެވެ. މިކަމުގެ ސަބަބަކީ ނެޑް އަކީ އާދައިގެ ބަގީޗާ ގައި އުޅޭ ފިނިހަކައެއް ނަމަވެސް، އޭނާގެ ހަށިގަނޑުގެ އޮނިގަނޑުގައި ހުރި މަދުންނޫނީ ނުފެންނަ މައްސަލައެއްގެ ސަބަބުން އޭނާގެ ލޯބީގެ ހަޔާތަށް ހުރަސް އެޅިފައިވެއެވެ.
ނެޑްގެ ހަށިގަނޑު، އާދައިގެ ފިނިހަކައާއި ޚިލާފަށް، ވައަތަށް އޮޅިފައިވާ ފިނިހަކައެެކެވެ. މިހެންވުމުގެ ސަބަބުން، ފިނިހަކައިގެ ތެރެއިން 40,000 ފިނިހަކަ އެންމެ ފިނިހަކައަށް ދިމާވާ މައްސަލައެއް ކަމަށްވާ، ޖިންސީ ގުނަވަންތަކަށް ދިމާވާ މައްސަލައެއް ނެޑް އަށް ދިމާވެފައިވެއެވެ. ވައަތަށް އޮޅިފައިވާ އެހެން ފިނިހަކައެއް ނުފެނިއްޖެނަމަ، މި ޒުވާން ފިނިހަކައަށް އޭނާގެ ހަޔާތުގެ ބާކީ ހުރި ދުވަސްތައް އެކަނި ހޭދަކުރަން ޖެހިދާނެއެވެ.
މިދިޔަ އޮގަސްޓް މަހު ނިއުޒީލެންޑްގެ ވައިރާރަޕާގައި އޭނާގެ ބަގީޗާއިން ނެޑް ފެނުނު ފަރާތްކަމަސްވާ ގުދުރަތަސް ލޯބިކުރާ ގިސެލް ކްލާކްސަން ވަނީ، ނެޑް އަށް އެކަށޭނަ ބައިވެރިއަކު ހޯދުމަށް ކެމްޕޭނެއް ފަށާފައެވެ. ނަމަވެސް، ނެޑްގެ "ހަގީގީ ލޯބި" ހޯދުމުގެ މި މަސައްކަތް ކުރިއަށް ދަނީ، އަންދާޒާ ކުރެވުނު ގޮތަށް، ވަރަށް މަޑުންނެވެ.
ގިސެލް ކްލާކްސަން އަކީ "ދި އޮބްޒާވެރިސްޓް" ކިޔާ ތަބީއަތާ ބެހޭ ފޮތެއްގެ ލިޔުންތެރިއެއް އަދި ކުރެހުންތެރިއެކެވެ. އޭނާގެ ނޯތު އައިލެންޑްގެ ވައިރާރަޕާގައި ހުންނަ ގޭގެ ބަގީޗާ ސާފުކުރަމުން ދަނިކޮށް، ގަސްތަކުގެ ތެރެއިން ވެއްޓިގެން އައި ފިނިހަކައެއްގެ މައްޗަށް އޭނާގެ ލޯހުއްޓެނެވެ. ފިނިހަކަތަކަށް ޚާއްސަ ލޯތްބެއް ދޭ ކްލާކްސަން، ވައަތަށް އޮޅިފައިވާ (ސިނިސްޓްރަލް) ފިނިހަކައެއްގެ ހަށިގަނޑެއް ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން ދިޔައެވެ.
"އަހަންނަށް އެނގުނު ވަގުތު މި ފިނިހަކަ އެހެން ފިނިހަކަތަކާ އެކު އަނބުރާ ގަސްތަކުގެ ތެރެއަށް އެއްލާނުލެވޭނެކަން،" އޭނާ ބުންޏެވެ. އޭގެ ބަދަލުގައި، އޭނާ ވަނީ މި ފިނިހަކައިގެގެ ފޮޓޯއެއް، އާދައިގެ ފިނިހަކައެއްގެ ފޮޓޯއަކާ އެކު، އޭނާގެ އެކުވެރިންނަށް ނިއުޒީލެންޑް ޖިއޮގްރަފިކަށް ފޮނުވާފައެވެ.