މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މާދަމާ ހެނދުނު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިކަން ހާމަކޮށްފައިވަނީ، އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ، އެ ކުންފުނިން ކުރިއަށްގެންދާ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން މާލެ ސިޓީ، ޖަންބު މަގު ހިމެނޭ ސަރަޙައްދުން 2 ޖުލައި 2025 ވާ ބުދަ ދުވަހުގެ (މާދަމާ) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.