ގްރޭޓާމާލޭ ރީޖަންގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިކަން ހާމަކޮށްފައިވަނީ، އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނިން ކުރިއަށްގެންދާ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، އޯކިޑްމާ ހިނގުން، ޗަނބޭލީމަގާއި، ޗަނބޭލީމަގު ގޯޅި 1 އަދި 2، ބޯގަންވިލާ މަގު ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ރަބަރުގަސްމަގު ގޯޅި 1 އަދި 2، އޯކިޑްމާ ހިނގުން، އިރުދޭމާ ހިނގުން ގޯޅި 2 އަދި 3، ދުނބުރިމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމަށް ވެސް ބުނެފައިވެއެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
