ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންނަށް 'ރިސާލަތު' ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ސްޓެލްކޯ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ މަޢުލޫމާތު ހިއްސާކޮށްފައިވަނީ އައްޝައިޚު އާޒިމް ޚާލިދު އެވެ.

ސްޓެލްކޯ އިން ބުނީ، މިއީ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ޝަރީޢަތާ ގުޅޭ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެ ކުންފުނިން ބޭއްވި ޕްރޮގްރާމެއް ކަމަށެވެ.

އަދި، މިއަދު ބޭއްވިގެންދިޔަ މި ޕްރޮގްރާމް ސެޝަނުގައި އިސްލާމީ ޝަރީޢަތާ ގުޅޭ އިލްމީ އަދި ފައިދާހުރި މައުލޫމާތުތަކެއް އެ ކުންފުނީގެ މުވައްޒަފުންނާ ހިއްސާކުރެވިގެންގޮސްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.