ހުނަރުވެރި ޒުވާން އެކްޓަރ ކާރތިކް އާރްޔަން ބޮލީވުޑަށް ތަޢާރަފުކުރި ފިލްމު "ޕިޔާރް ކާ ޕަންޗްނާމާ"އަށް މިއަދަށް 10 އަހަރު ފުރުނީއެވެ. ލަވް ރަޖަން ޑައިރެކްޓްކުރި މި ފިލްމަކީ އެ ފިލްމު ރިލީޒްކުރުމާއެކު އޭގެ ކޮމެޑީއާއި ޝައުޤުވެރި ޕްލޮޓްގެ ސަބަބުން އޯޑިއެންސްގެ ބޮޑު ސަމާލުކަމެއް ލިބުނު ފިލްމެކެވެ. ފުރާވަރުގެ ކުދިންނާއި ޒުވާނުން ފިރިހެނުންނާއި އެހާ ގުޅުންހުރި ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދިނުމަކީވެސް މި ފިލްމު އެހާ ކަމުދިޔަ އެއް ސަބަބެވެ.

"ޕިޔާރް ކާ ޕަންޗްނާމާ"ގައި ކިޔައިދެނީ ހުއްސަރިބައި 3 ފިރިހެނުންނަށް އެމީހުންގެ ބައިވެރިން ހޯދުމަށްފަހު އެ ގުޅުންތަކުގައި ދިމާވާ ޙައްލު ނުކުރެވޭ މައްސަލަތައް ފުނިޖެހުމުން ދިމާވާ ކަންތައްތަކެވެ. ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ ކާރތިކްގެ އިތުރުން ދިވްޔެންދޫ ޝަރްމާ، ރާޔޯ އެސް. ބަޚީރްތާ، ނުޝްރަތު ބަރޫޗާ، ސޮނާލީ ސޭގަލް އަދި އިޝީތާ ރާޖް ޝަރްމާއެވެ.

ފިލްމުގެ ކާމިޔާބީގެ ފެށުމަކީ ފިލްމުގައި ކާރތިކް ކިޔާފައިވާ 5 މިނެޓުގެ ދިގު ޑައިލޮގޭ ބުނުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އަނޫޕާމާ ޗޯޕްރާއަށް ދިން އިންޓަވިއުއެއްގައި ކާތިކް ވަނީ އެ ތަޖުރިބާ ހިއްސާކޮށްފައެވެ. އޭނާ އެވާހަކަ ފެށީ އޮޑިޝަންއާއި ހިސާބުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ހަމަސް ވަންދެން އޮޑިޝަން ކުރިއަށް ދިޔައިރު ކޮންމެ ދެ ހަފުތާއަކުން އޭނާއަށް ގުޅައެވެ. އޭރު އެ ސީން ރަނގަޅަށް ކުޅެވުނުނަމަ އެންމެ ބުރަކުން އޭނާ ފިލްމަށް ހޮވުނީސްކަމަށް އޭނާ ބުނެފައިވެއެވެ.

"އެއީ 5 ސޮފުހާ ބައިގެ ދިގު ސީންއެއް. އަހަރެން އެ ސީން ނެގީ ވަން ޝޮޓުން." ކާރތިކް ބުނެފައިވެއެވެ. އޭނާ އެ މަންޒަރު ނަގައި ނިންމުމުން މުޅި ކްރޫ އަތްތިލަބަޑި ޖެހިކަމަށާއި އޭނާގެ ފަރާތުން އެވަރުގެ ޕާފޯމަންސްއެއް ފެނިދާނެކަމަށް އެއްވެސް މީހަކަށް އުންމީދު ނުކުރާކަމަށްވެސް އޭނާ ބުންޏެވެ.