އެމްޕީއެލް އިން "ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ޓްރެއިނިންގ" ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކޯސްޓްގާޑު ޓްރެއިނިންގ ސްކޫލުން ހިންގާ ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި 30 ބައިވެރިން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމް ކުރިއަށްދާނީ ގިރިފުށީގައެވެ. 30 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، އައި.އެސް.ޕީ.އެސް ކޯޑާ އެއްގޮތަށް ބަނދަރުގެ ސެކިއުރިޓީ އާއި، ކުއްލި ހާލަތްތަކުގައި ރައްދު ދިނުމުގެ ހުނަރުތައް ވަރަށް ފުޅާދާއިރާއެއްގައި ދަސްކޮށްދެވޭނެ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
The Certificate 1 in Port Security Training has been officially inaugurated.
— Maldives Ports Limited (@Portmv) September 14, 2025
Conducted by the Coast Guard Training School, 30 participants will be based in Girifushi for the next 30 days, undertaking a comprehensive program in ISPS Code compliance, port security, and response… pic.twitter.com/OYit9QhRuj
މި ހަރަކާތުގެ ސަބަބުން އެމް.ޕީ.އެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) އިން ބަނދަރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށާއި، ބަނދަރުތަކުގެ އޮޕަރޭޝަންތަކުގައި އެންމެ މަތީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ދެމެހެއްޓުމަށް ދެމުންދާ ސަމާލުކަން ފާޅުކޮށްދެއެވެ.