ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯޓުން މަރުޙަބާ ކިޔުމުގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތަކީ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ (އެމްއޭސީއެލް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން" އެވެ. މި ޝިއާރާ އެއްގޮތަށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ސަގާފަތުގެ ވަނަވަރު ދައްކުވައިދިނުމަށް މި ހަރަކާތުގައި އަމާޒު ހިފާފައިވެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ، މުހައްމަދު މިހާދު ވިދާޅުވީ، ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ކުރިއަށްގެންދާ ހަރަކާތް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މި ދުވަހުގެ މުނާސަބަތުގައި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން އެމްއޭސީއެލްއިން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދިވެހީންގެ ސަޤާފީ އެލެމެންޓްސްތައް ހިމަނައިގެން ބައެއް ކަހަލަ އެކްޓިވިޓީސްތައް ކުރިއަށް އެބަގެންދަން," މިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާދު ފާހަގަކުރެއްވި ގޮތުގައި، ރީޖަނަލް އެއަރޕޯޓުތަކަކީވެސް ޓޫރިސްޓުން އެކި ރިސޯޓުތަކަށް ގެންދިއުމުގެ ރާއްޖޭގެ ޓްރާންސްޕޯޓުގެ މުހިންމު ކޮމްޕޮނެންޓެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ 18 އިންސައްތަ ފަތުރުވެރިން ރީޖަނަލް އެއަރޕޯޓުތަކަށް ދާކަމަށާއި، ރީޖަނަލް އެއަރޕޯޓުތަކުގައިވެސް މިއަދު މި ހަރަކާތް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް މިއަހަރުތެރޭ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަދު އެކަނިވެސް ރާއްޖެއަށް ޖުމްލަ 7000 އަށްވުރެ ގިނަ
