މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ވައިގެ ތަޣައްޔަރުކަން އިންތިހާއަށް އިތުރުވެފައިވާ ދުނިޔެއެއްގައެވެ. މިކަމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ފުއްޕާމެއަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ނަމަވެސް، އެންމެފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ވަނީ ފެނިފައެވެ. އެއީ މޭވާ ކެއުމެވެ. ތާޒާ މޭވާއެވެ. ކެމިކަލްތަކުން ރައްކާތެރި ކުރެވިފައިވާ، އޯގަނިކް މޭވާއެވެ.
މޭވާގައި އެކުލެވޭ ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން، ވައިގެ ތަޣައްޔަރުކަމުން ފުއްޕާމެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް އަންހެނުންގެ ފުއްޕާމޭގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް މޭވާ ކެއުމުން ވަރަށް ބޮޑު ފައިދާއެއް ކުރާކަން ދިރާސާތަކުން ވަނީ ހާމަކޮށްފައެވެ.
މޭވާގެ ތެރެއިން ވަކިން ޚާއްޞަކޮށް ސިޓްރަސް (ހުތް) މޭވާތަކާއި، ބެރީސްގެ ބާވަތްތަކާއި، އަދި އާފަލު ފަދަ މޭވާތަކުގައި އެކުލެވޭ ވިޓަމިން ސީ އާއި އެހެނިހެން އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން، ފުއްޕާމޭގެ މަސައްކަތް ހަރުދަނާވެ، ވައިގެ ތަޣައްޔަރުކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. ހަމަ އެއާއި އެކު އެކިކަހަލަ ވައިލްޑް ފްރުޓްސް ނުވަތަ ޖަންގަލީގައި ހެދޭ (އިންސާނުންގެ މަސައްކަތުން ނޫންގޮތަކަށް) އެކިކަހަލަ މޭވާ ތަކަކީވެސް މިފަދައިން ފުއްޕާއެއަށް ގިނަގުނަ ފައިދާ ކުރާނެ މޭވާތަކެކެވެ. މީގެ އިތުރުން، މޭވާ ކެއުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ބަލިތަކާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށްވެސް އެހީތެރިވެދެއެވެ.
އެހެންކަމުން، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމަށް ބޭނުންވާ ކޮންމެ މީހަކު، ޚާއްޞަކޮށް އަންހެނުން، ދުވާލަކު މަދުވެގެން ދެ ނުވަތަ ތިން މޭވާ ކެއުމަށް އާދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މޭވާ އިހްތިޔާރު ކުރާއިރު، އޯގަނިކް މޭވާ ނުވަތަ ވައލްޑް މޭވާ އިހްތިޔާރު ކުރުން ބުއްދިވެރިއެވެ. ކެމިކަލް ޖަހައިގެން ހައްދާ މޭވާތަކުން ނުސީދާ އެތައް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮވެދާނެއެވެ. މިގޮތަށް ޢަމަލުކުރުމުން، ވައިގެ ތަޣައްޔަރުކަމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުން ކުޑަކުރެވި، ޞިއްޙަތު ރަނގަޅު، ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެއެވެ.
މޭވާއަކީ އަޅުގަނޑުމެންގެ ޞިއްޙަތަށް ލިބިދާނެ އަޖައިބުވެރި ހައްލެކެވެ. ވީމާ، ކޮންމެ ދުވަހަކުވެސް މޭވާއެއް ކެއުމަށް އަހުލުވެރިވެ، އަޅުގަނޑުމެންގެ ފުއްޕާމެ ރައްކާތެރިކުރުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ.
