ޑާކްރެއިން އެންޓަރޓެއިންމެންޓުނގެ ދިވެހި ފިލްމު "އަލިފާން" މިރޭ އޮލިމްޕަހުގައި ދައްކަން ފަށާނެއެވެ.

އެކްޝަން ތްރިލަރ މި ފިލްމަކީ މިހާތަނަށް ދައްކާ އެންމެވަރުގަދަ އެކްޝަން ތްރިލަރ ފިލްމަށްވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މިހާތަނަށް ނެރެފައިވާ ޕޯސްޓަރުތަކާއި ޓްރެއިލަރ އިން ނެވެ.

މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކޮށް އަލީ ޝިފާއު (ޗިއްޕެ) އާއި ރަވީ ފާރޫގު ޑައިރެކްޓު ކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ކުޅަދާނަ ފަންނާނު އަހުމަދު ތޮލާލެވެ.

18+ އާރުގައި ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ތަރިންގެ ތެރޭގައި ރަވީ، ޝަރަފް، ޝީލާ، ފައިސަލް، އަލީފް، ޖޭމު އައްލޯ އަދި ހާޒިފު އާއި ސުހާ، އާދަމް ރިޒްވީ، މައިހާ އާދަމް ހިމެނެއެވެ.

2024 ވަނަ އަހަރު ދެއްކި 'ފުރޭތަ' އުފެއްދި ޓީމުން ގެނެސްދޭ މި ފިލްމު މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް އޮލިމްފަހުގައި ދައްކާނެއެވެ.