ރާއްޖޭގައި ކޮވިޑް-19 އޮތް ހާލަތުގެ ސަބަބުން ބޭރަށް ނިކުމެ އުޅުން މަދުކޮށް ގައިދުރުކަން އިސްކުރުމަށް ބާރު އެޅުމުގެ ގޮތުން، އެސް.ޓީ.އޯގެ އީ-ސްޓޯރގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މި ބަދަލާއި އެކު އެސް.ޓީ.އޯ އިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބެގެން އީ-ސްޓޯރ މެދުވެރިކޮށް ވިޔަފާރިކުރުމަށް އިލްތިމާސްކޮށްފައެވެ.

އެސް.ޓީ.އޯ އިން ވިއްކާ ހަމަ ކޮންމެ މުދަލެއް ގަތުމަށް ވެސް އީ-ސްޓޯރ މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ. މިގޮތަށް އޯޑަރު ކުރެވޭ ތަކެތި މާލެއާއި ހުޅުމާލޭގެ އިތުރުން ބޯޓުތަކަށްވެސް ޑެލިވަރކޮށްދޭނެކަމަށް އެސް.ޓީ.އޯ އިން މައުލޫމާތު ދެއެވެ.