ޚަރަދު ބޮޑު ސްޕާ ފޭޝަލްތައް ހަނދާން ނައްތާލާށެވެ! އިންޓަނެޓު މިވަނީ ގޭގައި ސެލޯނުގެ ފެންވަރުގެ "ގްލޯއެއް" ލިބޭނެ ވަރަށް ސާދާ އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެއްޗެހިން ފޭސްމާސްކް ތައްޔޜުކުރާޏެ ގޮތް ވައިރަލްވެފައެވެ. މި ވާހަކަ އާއި ގުޅިފައި އޮތީ. "ރީނދޫ، މާމުއި އަދި ޔޯގަޓް" އެވެ. މިފޭސް މާސްކް މިވަނީ ހިނދުކޮޅެއްގެ ތެރޭގައި މޫނު އުޖާލާކޮށްދިނުމާއި، ހަންގަނޑަށް ހަމަޖެހުން ގެނެސްދޭ ތަބީޢީ ފައިދާތަކެއް ހުރުމާއެކު ވަރަށް މަޝްހޫރުވެފައެވެ. ޒީނަތްތެރިކަމަށް ލޯބިކުރާ މީހުން ބުނަނީ މި މާސްކް އެންމެ ފަހަރަކު ބޭނުންކޮށްލުމުންވެސް ހަންގަނޑު މަޑުވެ، ތާޒާކަން ލިބި، ބޭރަށް ފެންނަފަދަ އުޖާލާކަމެއް ލިބޭ ކަމަށެވެ. އަދި އެއީ ކުޑަ އަގެއްގައެވެ.

މި މާސްކުގެ ހާއްސަ ސިއްރަކީ އޭގެ ބޭނުންކުރެވިފައިވާ ތަކެއްޗެވެ. ރީނދުގެ ތަބީޢީ އެންޓިއޮކްސިޑެންޓްތަކުން ހަންގަނޑުގައި ހުންނަ ،ކުލަ އެއްގޮތްނުވުމުގެ މައްސަލައިން ސަލާމަތްކޮށްދެއެވެ. އަދި ހަންގަނޑު ބެކްޓީރިއާއިން ދުރުކޮށް، ހަމަޖެހުން ގެނެސްދެއެވެ. މާމުއި އަކީ ހަންގަނޑުގައި ތާޒާކަން ދެމެހެއްޓުމަށާއި ބިހިން ދުރުކުރަން އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން މާމުއިގައި ހިމެނޭ އެންޓިބެކްޓީރިއަލް ސިފަތަކުގެ ސަބަބުން ހަންގަނޑު ސާފުކޮށް ބެހެއްޓުމަށްވެސް އެހީތެރިވެދެއެވެ. ޔޯގަޓަކީ އޭގައި ހިމެނޭ ލެކްޓިކް އެސިޑްގެ ސަބަބުން ހަންގަނޑު މަޑުމަޑުން އެކްސްފޯލިއޭޓްކޮށް، ހަންގަނޑު އޮމާންކޮށް، ހަމަޖައްސައިދޭ އެއްޗެކެވެ. މި ތިން ބާވަތް އެކުގައި ބޭނުންކުރުމުން، ކެމިކަލްތަކެއް ނުވަތަ އުނދަގޫ ފިޔަވަޅުތަކެއް ނެތި، ހަންގަނޑު އުޖާލާކޮށް، ތާޒާކޮށް، ވަރުބަލިވެފައިވާ ހަންގަނޑަށް އަލުން ދިރުން ލިބެއެވެ.

މި މާސްކް ތައްޔާރުކުރަން ވަރަށް ފަސޭހައެވެ. އެއް ސައިސަމުސާ ރީނދޫ، އެއް މޭޒުމަތީސަމުސާ މާމުއި، އަދި ދެ މޭޒުމަތީސަމުސާ ޔޯގަޓް އެއްކޮށްލާށެވެ. ރަނގަޅަށް ސާފުކޮށްފައިވާ ހަންގަނޑުގައި މި މާސްކް ތުނި ފަށަލައެއްގެ ގޮތުގައި އުނގުޅާފައި، 15-20 މިނިޓު ވަންދެން ބަހައްޓާށެވެ. ދެން ފިނިފެނުން ރަނގަޅަށް ދޮވެލާށެވެ. ނަތީޖާއަކީ؟ ތިބާގެ އެންމެ ހިތްގައިމު ފޭޝަލް ޓްރީޓްމަންޓާ އެއް ފެންވަރަށް މޫނު ތާޒާވެ، ރަންކުލަ އަށް އުޖާލާވެފައިވާ ކަމެވެ. މިކަމުން ސާބިތުވަނީ ބައެއް ފަހަރު، ހަންގަނޑުގެ އެންމެ މޮޅު ސިއްރުތައް ހުންނަނީ އަހަރެމެންގެ ގޭގެ ބަދިގޭގައި ފޮރުވިފައި ކަމެވެ.