އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) ޓެކްނޮލޮޖީގެ ކުރިއެރުމާއި، އޭ.އައި. އިން އުފައްދާ ވީޑިއޯތަކުގައި ހަގީގީ ދުނިޔޭގެ ފިޒިކްސްގެ ހަމަތައް ހިފަހައްޓާ މިންވަރާމެދު ސޯޝަލް މީޑިއާގައި ބޮޑު މަޝްވަރާއެއް ފެށިއްޖެއެވެ. މިކަން ފެށިފައިވަނީ ފިޒިކްސް އިލްމުވެރިޔާ ލުއިސް ބަޓާލްހާ، އެކްސް ގައި ގްރޮކް އާއި އޭ.އައި. އިން އުފައްދާ ވީޑިއޯތައް ދެނެގަތުމުގެ ގޮންޖެހުންތަކާ ބެހޭ ގޮތުން ޕޯސްޓެއް ހިއްސާކުރުމުންނެވެ. އެ ޕޯސްޓަށް ޓެސްލާ އާއި އެކްސްގެ ވެރިޔާ އިލޮން މަސްކް ވެސް ރައްދު ދެއްވައިފިއެވެ.

ބަޓާލްހާ އޭނާގެ ޕޯސްޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ދައްކުވައިދެނީ، ވޭކިއުމެއް އަދި ވައިގެތެރެއަށް ބޯޅައަކާއި ކުކުޅުފަތެއް އަދި އެއްވަގުތެއްގައި ވެއްޓޭ މަންޒަރެވެ. މި ވީޑިއޯއިން ދައްކުވައިދެނީ އޭ.އައި. އިން އުފައްދާ ތަސްވީރީ މަންޒަރުތަކުގައި ފިޒިކްސްގެ ހަމަތައް ހަގީގީކޮށް ތަސްވީރުކޮށްފައިވާ މިންވަރެވެ.

އޭނާގެ ޕޯސްޓުގައި ލުއިސް ބަޓާލްހާ ލިޔުއްވާފައިވަނީ "އިއްޔެ  އެކުވެރިއަކު އަހާލި، އޭ.އައި. އިން އުފައްދާ ވީޑިއޯތައް ދެނެގަންނާނީ ކިހިނެއްތޯ،. އެ ސުވާލަށް ޖަވާބު ދެމުން އަހަރެން ބުނީ- ފިޒިކްސްގެ އާދަޔާޚިލާފު ކަންކަމަކީ އެންމެ ފަސޭހައިން ދެނެގަނެވޭނެ ގޮތް ކަމަށް." ނަމަވެސް "މިހާރު އެކަން ދަނީ އުނދަގޫވަމުން، މިއީ ގްރޮކް އިމޭޖިން އިން އުފައްދާފައިވާ ވީޑިއޯއެއް، ވައިގެ ތެރެއަށް އަދި ވޭކިއުމެއްގެ ތެރެއަށް ބޯޅައަކާއި ކުކުޅުފަތެއް ވެއްޓޭ މަންޒަރު،" އޭނާ އިތުރަށް ލިޔުއްވިއެވެ.

މި ޕޯސްޓަށް ރައްދު ދެއްވަމުން އިލޮން މަސްކް ކޮމެންޓު ކުރައްވާފައިވަނީ "ގްރޮކް އިމޭޖިން ވީޑިއޯ އުފެއްދުމުގެ ސިސްޓަމް އަށް ފިޒިކްސް އެނގޭ،" މިހެންނެވެ. މީގެން ދައްކުވައިދެނީ އޭ.އައި. ޕްލެޓްފޯމްތަކަށް ހަގީގީ ދުނިޔޭގެ ފިޒިކްސްގެ ސީދާކަން ތަކުރާރުކޮށް ދެއްކުމުގެ ގާބިލުކަން ލިބިފައިވާކަމަށް އޭނާ ގަބޫލުކުރައްވާކަމެވެ.

މި މަޝްވަރާތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އޭ.އައި. ވީޑިއޯ އުފެއްދުމުގެ ވަސީލަތްތަކުގެ ކުރިއެރުމާއި، އެ ވަސީލަތްތަކުން ހަގީގީ ދުނިޔޭގެ ފިޒިކްސްގެ ހާދިސާތައް ހައިރާންކުރަނިވި ސީދާކަމެއްގައި ދައްކުވައިދޭން ކުޅަދާނަވެފައިވާ މިންވަރު ވަނީ ފާހަގަކުރެވިފައެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ އެކަކު ކޮމެންޓުކޮށްފައިވަނީ "ގްރޮކް އިމޭޖިން އިން އަޅުގަނޑުމެންގެ ހައިރާންކުރަނިވި ހިޔާލުތައް ހަގީގަތަށް ބަދަލުކޮށްދޭ، ހިޔާލްތައް ހިތާ ސިކުޑީގައި ކުރަހާ،  ޓައިޕްކޮށްގެން އެ ހަގީގަތަކަށް ވެގެންދާތަން ބަލާށެވެ،" މިހެންނެވެ.

އެހެންކުއްޖަކު ލިޔެފައިވަނީ "ގްރޮކް އިމޭޖިންއިން ވީޑިއޯ އުފެއްދުމަކީ ހައިރާންކުރަނިވި ކަމެކެވެ،" މިހެންނެވެ. އަދި ތިންވަނަ ބޭފުޅަކު އިތުރަށް ލިޔެފައިވަނީ "ގްރޮކް އިމޭޖިން ގެ ވިންޓެޖް ގޮތް ވަރަށް ކަމުދޭ،" މިހެންނެވެ. މިކަމުން ދައްކުވައިދެނީ އޭ.އައި. ޓެކްނޮލޮޖީގެ ބާރު ފުޅާވެ، ހަގީގީ ދުނިޔެ އާއި އޭ.އައި. އިން އުފައްދާ ކަންކަން ވަކިކުރުން ދަނީ ދުވަހަކު ދުވަހަކަށް އުނދަގޫވަމުންކަމެވެ.