ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 18 އަމިއްލަ މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާ މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިއަދު ވަނީ ވިދާޅުވެފައެވެ. މި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދެވުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މި ފައިސާ ދޫކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ހޯދައިދީ، ނުފޫޒުން އެއްކިބާކޮށް، ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ. މިކަމަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ޚަރަދުކުރުމަށް ނިންމާފައިވާއިރު، ފައިސާ ދޫކުރާ މީޑިއާތައް ކަނޑައަޅާފައިވާނީ މުވައްޒަފުންގެ ތަޢުލީމާއި ތަޖުރިބާ ފަދަ ކަންކަމަށް ބެލުމަށްފަހު ޕޮއިންޓުދޭ އުޞޫލެއްގެ ދަށުންކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި އަހަރު އެންމެ ގިނަ ރުފިޔާ، 3.8 މިލިއަން ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. ދެވަނަ އަށް އެންމެ ގިނަ ރުފިޔާ، 3 މިލިއަން ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ރުފިޔާ، 2.9 މިލިއަން ރުފިޔާ ލިބެނީ އެސްއެސްޓީވީ އަށެވެ.

ފައިސާ ލިބޭ މީޑީއާތަކާއި ލިބުނު ފައިސާގެ ޢަދަދު ތިރީގައި މިވަނީއެވެ:

ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
ވީޓީވީ: 3 މިލިއަން ރުފިޔާ
އެސްއެސް ޓީވީ: 2.9 މިލިއަން ރުފިޔާ
ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
މިހާރު (އިނގިރޭސި): 1.17 މިލިއަން ރުފިޔާ
ތިލަދުން: 1.2 މިލިއަން ރުފިޔާ
އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
ދިޔަރެސް: 1.1 މިލިއަން ރުފިޔާ
ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
މާލްދީފް އޮންލައިން: 899,197.77 ރުފިޔާ