"ބިއުޓީ ސްލީޕް" ގެ ވާހަކަ އަކީ ވަރަށް ގިނައިން އަޑުއިވޭވާހަކައެކެވެ.ސައިންސުވެސް މިކަން ގަބޫލުކޮށް، އެކަމުގެ ހަޤީޤަތް ވަރަށް ސާފުކޮށް ބުނެދެއެވެ. އަހަރެމެން ފުން ނިދީގައި ތިބޭއިރު ، ހަށިގަނޑު މަރާމާތުކުރުމުގެ މަސައްކަތް ފެށެއެވެ.
އަދި ނިދާފައި އޮންނަވަގުތު، ހަނގަނޑަށް ބޭނުންވާ މުހިންމު ޕްރޮޓީނެއް ކަމުގައިވާ ކޮލެޖަން އުފެއްދުން އިތުރުވެ، ހަށިގަނޑުގައިވާ ވަރުބަލިކަމާއި ސްޓްރެސް އާއި ގުޅުންހުރި ހޯމޯނެއް ކަމުގައިވާ ކޯޓިސޯލްގެ މިންވަރު ދަށްވެ، ހަމަށް ލޭދައުރުކުރުން ރަނގަޅުވެއެވެ. މާނައަކީ؟ އަހަރެމެން ހޭލަނީ ފަނޑުކަމެއްނެތް، ތާޒާ ކަމާއި އެކުގައެވެ. ނިދި މަދުވުމަކީ، ހަމުގެ ސެލްތައް އާވުން ލަސްކުރާ ކަމެކެވެ. މިއީ ހަންގަނޑު މިލާ މޯޅިވެ ، ދުޅަވެ، މޫނުމަތިން ވަރުބަލިކަން ފެނި، ހިތްގައިމު ނޫން ސޫރައެއް ދައްކުވައިދޭ ކަމެކެވެ.
ނިންޖަކީ ދުނިޔޭގައިވާ ތަބީޢީ ސްކިންކެއާ ރޫޓީނެވެ. ރީތި ތާޒާ މޫނަކަށް ސީރަމް ތަކާއި އަގުބޮޑު ކްރީމެއް ބޭނުމެއްނުވެއެވެ.ނިންޖަކީ އިންސާނާއަށް ދެއްވާފައިވާ ތަބީޢީ ގޮތުން ހަށިގަނޑުގެ ތާޒާކޮށްދޭ ޖާދޫއެކެވެ. އާރް އީ އެމް (REM) ނިދީގެ ތެރެއަށް އިންސާނާދާ ވަގުތު ، އަހަރެމެންގެ ހަމުގެ ސެލްތަކަށް އެދުވަހު ދިމާވާ ކަންކަމުން (މިސާލަކަށް: ޔޫވީ ރޭޑިއޭޝަން، ތިމާވެށީގެ ނުސާފުކަން، އަދި ބްލޫ ލައިޓްގެ އަސަރު) ރައްކާތެރިވެ، އޭގެން ހަންގަނޑަށް ލިބިފައިވާ ޒަޚަމްތައް ރަނގަޅުކުރުމަށް ބޮޑު މަސައްކަތެއް ކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ގަވާއިދުން ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ފެންވަރު ރަނގަޅު ނިދި ލިބޭ މީހުންގެ ހަންގަނޑު އޮމާންވެ، ތާޒާކަން އިތުރުވެ، ރޫ މަދުވެއެވެ.
ވީމާ، ފަތިސްވަންދެން ނުނިދާ ފޯނު ބޭނުންކުރަން އޮވެވޭނަމަ، ހަނދާންކުރާށެވެ:ނިދާ ތަންމައްޗަކީ އަހަރެމެންގެ އެންމެ މުހިންމު ރީތިކަމުގެ ވަސީލަތެވެ. ނިންޖާ އަހަރެމެން މުޢާމަލާތުކުރާނީ ސްކިންކެއާ ރޫޓީނެއްގެ ގޮތުގައެވެ.ނިދުމުގެ ކުރިން އެމީހަކާ ގުޅޭ ފަސޭހަ އާދައެއް އުފައްދާ، ރޭނގަނޑު ދިއްލާފައިވާ ބޮކިތައް ނިއްވާލާ، އަދި ބާކީ އެހެންކަންކަން ހަށިގަނޑަށް ދޫކޮށްލާށެވެ. އެއީ ހަންގަނޑު ފަނޑުނުވެ ރީތިވުމަކީ ހަމައެކަނި އަހަރެމެންގެ މޫނުގައި އުނގުޅާ ތަކެއްޗާ ގުޅިފައިވާ ކަމެއް ނޫނެވެ؛ އެއީ އަހަރެމެންގެ ހަށިގަނޑަށް ލިބޭ ހަމަޖެހުމާއި އަރާމުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.
