ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 އިން މިއަދު ހެނދުނު މީހަކު ވެއްޓި ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަދު ހެނދުނު 8:32 ހާއިރު ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މި ހާދިސާ ހިނގުމާއެކު ވެއްޓުނު މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް މިވަގުތު ހިއްސާކުރައްވާފައެއް ނުވެއެވެ.