މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްޢޫދު ޙޮސައިންއެވެ.
ފުލުހުން ވިދާޅުވީ، ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާއަކީ ނިޔާވި މަސްޢޫދު ޙޮސައިން ކަމަށެވެ. މި ހާދިސާގައި ޖުމްލަ 6 މީހަކަށް އަނިޔާވި އިރު، އޭނާ ނިޔާވެފައިވަނީ އޭގެ ތެރެއިން ހާލު ސީރިއަސްވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، މިހާދިސާގައި އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީންނެވެ. ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
