އަހަރެމެން ދިވެހިންގެ ވަށައިގެން މިވަނީ މާސިންގާ ބޮޑެތި ކަނޑުތަކެވެ. އެ ކަނޑުތަކުގައި ހުންނަ ފެނުގެ މިންވަރަށް ދިވެހިން ކިޔާ އުޅެނީ "ފެނެއް" ނޫނެވެ. ދިވެހިން ކިޔާ އުޅެނީ "ލޮނެވެ". މިސާލަކަށް ލޮނު ބާދިލީ އެއް، ނުވަތަ ލޮނުގަނޑު ތެރެއަށް، މިފަދަ ގޮތަކަށެވެ. މޫދުގައި ހުންނަ ފެނުގެ މިންވަރަށް "ފެން" ނުކިޔަނީ ކީއްވެބާއެވެ؟

ފެނަކީ އިންސާނުން ބުއިމަށް ނުވަތަ އެނޫންވެސް އެފަދަ ބޭނުންތަކަށް ކަމުދާ އެއްޗެކެވެ. ނަމަވެސް ލޮނުން ކުރެވޭ މިފަދަ ބޭނުންތައް ވަރަށް މަދުވާނެއެވެ. އިންސާނާގެ ހަށިގަނޑަށް ލޮނަކީ ފައިދާވެސް އަދި ގެއްލުންވެސް ކުރުވަނިވި އެއްޗެކެވެ.

ދުނިޔޭގެ މި ދިގު ތާރީހުގައި އެއްވެސް އިންސާނަކު ކަނޑުގެ ލޮނު ބޮއެގެން ދިރިއުޅަފައެއް ނެތެވެ. އެހެންކަމުން ލޮނު ބުއިމަކަށް ބޯނަމަ، ހަށިގަނޑަށް ވަނީ ކީއްތޯ ބަލައިލުން މުހިންމެވެ. އެހެނީ ކަނޑުގެ ލޮނަކީވެސް ހަމަ "ފެނެކެވެ". އަދި ކިއެއްތަ އިންސާނާގެ ދިރިހުރުމަށް ފެނަކީ މަޖުބޫރު މާއްދާއެކެވެ.

އިންސާނާގެ މި ހަށިގަނޑުގައި ހުންނަ ލޮނުގެ މިންވަރު ފުދި އިތުރުވާ މިންވަރު ބޭރުކޮއްދެނީ ކުޑަކަމުދާ ނިޒާމުގެ ތެރެއިންނެވެ. އާދެ ކުޑަކަމުދާ ތަކެތީގެ ތެރެއިންނެވެ. އޭގެ ޒާތަށް ކުޑަކަމުތާ ތަކެއްޗަކީވެސް ކަނޑުގެ ލޮނަށްވުރެ އެތައް ގުނައަކުން ލޮނުގެ މިންވަރު މަދު އެއްޗެކެވެ. ކަން މިހެން ހުރުމާއެކު، ބުއިމަކަށް ލޮނު ބޮނީނަމަ، ހަށިގަނޑުގައި ފުދި އިތުރުވާ ލޮނުގެ މިންވަރު ހަށިގަނޑުން ބޭރުކުރުމަށް، ބޮވުނުލޮނުގެ މިންވަރަށްވުރެ ގިނައިން ކުޑަކަމުދާން ޖެހޭނެއެވެ. މިއީ ނިޒާމުގެ ފުށުއެރުމެކެވެ. 

އެއްވެސްހާލެއްގައި ހަށިގަނޑުގައި ހުންނަ ލޮނުގެ މިންވަރު ހަށިގެ ސެލްތަކުގެ އެތެރެއަކަށް ނުވަދެވޭނެއެވެ. އެހެނީ އެ ސެލްތަކުވެ ބޭރު ފަށަލައަކީ ވަކި "ހުދޫދެއް" ކަނޑައެޅިފައިވާ ފަށަލައެކެވެ. އެ ފަށަލައިން ވަދެ ނިކުމެ ވުމުގެ ގާބިލުކަން ލިބިފައިވަނީ ބައެއް އެއްޗެއްސަށެވެ. އެގޮތުން ފެނުގެ މިންވަރަކީ ސެލްގެ ތެރެއަށް ވަދެ އަދި ނުކުމެ ވުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އިސްވެ ދެންނެވުނު ނިޒާމުގެ ފުށުއެރުން އަރައިފިނަމަ، ހަށިގަނޑުގެ ތެރޭގައި ފުދި އިތުރުވެފައިހުންނަ ލޮނުގެ މިންވަރު ބޭރުކުރުމަށްޓަަކައި އިތުރަށް ކުޑަކަމުދާތަކެދި އުފެދެން ޖެހެއެވެ. މިހާލަތުގައި މިދެންނެވި ސެލްތަކުގެ އެތެރޭގައި ހުންނަ ފެނުގެ މިންވަރު ސެލްތަކުން ނުކުމެ ހަށިގަނޑުގެ ތެރެއަށް ދެއެވެ. ކަން މިހެން ވެއްޖެނަމަ ސެލްތަކުގެ ސައިޒު ކުޑަވެ ފިތޭ ގޮތް ވެއެވެ. ހަށިގަނޑުން ފެންދަމައިގަތުމަކީ މިއީއެވެ. އެހިސާބުން "ޑީހައިޑްރޭޝަން" އޭ ކިޔައެވެ.

މިހާލަތުގައި ގުރުދާއިން އުފައްދާ ކުޑަކަމުދާ ތަކެތި އުފެއްދުމަށް ދަތިވެއެވެ. އަދި ނިޒާމުގެ ފުށުއެރުމުގެ ސަބަބުން ގުރުދާގެ މަސަައްކަތަށް ބުރޫއަރާ ގުރުދާ ހަލާކުވާ ގޮތްވެއެވެ. އަދި ގުރުދާގެ މަސައްކަތް އޭގެ މިންވަރުގައި ނުކުރެވި ގުރުދާ ފެއިލްވުމޭ (ކިޑްނީ ފެއިލްވުން) ކިޔައެވެ.

މި ނިޒާމު މިހެން ތަރުތީބުވެފައި ހުރުމުން، ބުއިމަކަށް ލޮނު ބުއިމަކީ އެއީ އެއްވެސް ގޮތަކުން ތާކުން ތާކުން ޖެހޭ ކަމެއް ނޫނެވެ. އަދި ލޮނު ބުއިމުން އޭގެ ސަބަބުން ހަށިގަނޑު މަސައްކަތްކުރާނީ ފެން ނުބޯފަދައިންނެވެ.