މީސްމީހުންގެ ސަމާލުކަން ހޯދުމުގެ ގާބިލުކަން ކިމް ކާޑޭޝިއަން އަށް ހުރި މިންވަރު ހާމަވެގެން ގޮސްފިއެވެ. ރިއަލިޓީ ޓީވީގެ މަޝްހޫރު ތަރި ކިމް ކާޑޭޝިއަން، 1969 ވަނަ އަހަރު އެޕޯލޯ 11 ގެ ދަށުން ހަނދަށް ދިޔައީ "ފޭކު" ކަމަށް ބުނުމުން، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ އިސްވެރިޔާއަށް މި ހަފްތާގައި ވަނީ އެކަން ދޮގުކުރުމަށް މަޖުބޫރުވެފައެވެ.
ހުލޫގައި ދައްކަމުން އަންނަ "ދަ ކާޑޭޝިއަންސް" ގެ އާ އެޕިސޯޑެއްގައި ކިމް ކާޑޭޝިއަން ބުނީ، އެސްޓްރޮނޯޓުން ކަމަށްވާ ނީލް އާމްސްޓްރޯންގް އާއި ބަޒް އޯލްޑްރިން ހަނދަށް ދިޔައީ ހަގީގަތެއް ނޫން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިކަމަށް އޭނާ ވާހަކަދެއްކީ، އޯލްޑްރިން ދެއްވާފައިވާ އިންޓަވިއުއެއްގެ ވީޑިއޯއެއް އޮންލައިންކޮށް ފެނުމުންނެވެ. އެ އިންޓަވިއުގައި އޯލްޑްރިން ދެއްކެވި ވާހަކަތަކުން ދޭހަވީ ހަނދަށް ނުދާކަމެވެ.
1970 ގެ އަހަރުތަކުން ފެށިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ލައިވްކޮށް އެތައް މިލިއަން ބަޔަކު ބެލި މި މިޝަން ދޮގުކަމަށް، ޝައްކުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ތިއަރީ ގެ ވާހަކަތއް މެދުކެނޑުމަށްފަހު ކުޑަދުވަސްކޮޅަކަށްފަހު މިވަނީ ރުޖޫއަވެފައިވެއެވެ. ނަމަވެސް އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ އަދި ނާސާގެ ވަގުތީ އެޑްމިނިސްޓްރޭޓަރ ޝޯން ޑަފީ، ކާޑޭޝިއަން އޭނާގެ 4 މިލިއަން ބެލުންތެރިންނާ ހިއްސާކުރި މި ޚިޔާލު ވަގުތުން ދޮގުކުރެއްވިއެވެ.
ޑަފީ ބުރާސްފަތި ދުވަހު އެކްސް ގައި ލިޔުއްވިއެވެ. "ކިމް ކާޑޭޝިއަން، އަހަރެމެން ކުރިންވެސް ހަނދަށް ގޮސްފައިވާނެ... 6 ފަހަރު!" ހަގީގަތުގައިވެސް، އޭނާ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އަލުން ހަނދަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ. 2026 ވަނަ އަހަރު، އާޓެމިސް II މިޝަންގެ ދަށުން އެސްޓްރޮނޯޓުން ދިހަ ދުވަހުގެ ދަތުރަކަށް ހަނދުގެ ވަށައިގެން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރު ހަނދަށް މީހުން ފޮނުވުމަށް ވަނީ ރާވާފައެވެ. "އަހަރެމެން ޖައްވުގެ ކުރީގެ ރޭހުން ކާމިޔާބު ހޯދިން އަދި މި ރޭހުންވެސް ކާމިޔާބު ހޯދާނަން،" ޑަފީ ލިޔުއްވިއެވެ.
