ބަނގުރާ ބޮއެގެން ހުރެ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ދަރިފުޅުގެ މަންމަ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެއީ މާލޭ ސަރަހައްދުގައި ހިނގައިގެން އުޅޭ ހާދިސާއެެއް ކަމަށާއި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް މިދިޔަ އޮކްޓޫބަރުމަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ، އެ ކުއްޖާއަށް އެ ކުއްޖާގެ މަންމަގެ ފަރާތުޖން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ 50 އަހަރުގެ މަންމަ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން  30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަގީގު ކުރަމުންނެވެ.