ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެނުގެ ހިދުމަތް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފުވައްމުލައް ސިޓީން ފެން ކެނޑި ވަނީ ދެތިން ދުވަސްވެފައެވެ. އެ ރަށަށް ފެން ފޯރުކޮށްދިނުމަށް އެންމެެންޑީއެފުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. 

ފެނަކައިން ބުނި ގޮތުގައި ދެ ދުވަސް ފަހުން، ރެއިން ފެށިގެން އެ ސިޓީގެ ގޭގެ އަށް މިހާރު ފެން ލިބޭނެ ކަަމަށާއި "ކްރޮސް ކަނެކްޝަން" ހަދާފައި ހުރި ގެތަކަށްވެސް ފެން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކްރޮސް ކަނެކްޝަނަކީ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކަށް ގުޅައިގެން ބޭނުންކުރުމެވެ.

އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަގައްޔަރު ވެފައިވާތީ އެ ރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކަނޑާލުމާ އެކު، އެ ރަށް އެއްކޮށް އޮތީ ފެނަށް ޖެހިފަ އެވެ. 

ފެނަކައިން ބުނި ގޮތުގައި ފުވައްމުލައް ސިޓީން ފެން ކަނޑާލީ ފެނުގެ ނިޒާމަށް ގިނަ އަދަދަަކަށް ކްލޯރިން އެޅުމަށް ކަމަށެވެ.