ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ 07 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލްގައި ބާއްވައިފިއެވެ.

މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް(ހަރިމް) ގްރޫޕްގެ ވައިސް ޗެއަރމަން ޢާއިޝާ ނޫރައިން ޖަނާހު އެވެ.

މި ޖަލްސާގައި 2024 ވަނަ އަހަރު ޖަމްޢިއްޔާ އަހަރީ ރިޕޯޓު ހުށަހެޅުމާއި، ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން އޮތެވެ. މީގެއިތުރަށް ހިންގާ ޤަވާޢިދަށް ގެނެސްފައިވާ ބައެއް އިސްލާހުތައް ފާސްކުރުންވެސް އޮތެވެ. މީގެ އިތުރުން ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އަހުމަދުގެ ބަޔާންވަނީ އިއްވާފައެވެ.

ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ދިވެހި ބޭސްވެރިކަން ކުރިއަރުވައި އާލާކުރުމަށް އެދިވަޑައިގަތުމުގެ އިތުރުން މިޒަމާނުގެ އީޖާދީ ވިސްނުންތަކުގެ ތެރެއިން ޖަމްޢިއްޔާގެ މަސައްކަތްތައް ވިލަރެސްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އަދި މި ފަދަ ޖަލްސާތަކުގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރި ކުރުމެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭސްވެރިކަމާއި ގުޅޭ ފަތްފުއްތަކާއި ދިވެހި ބޭސްވެރިން ބޭސްކޮށް އުޅޭ ވައްޓަފާޅިތައް ލިޔެ، ރެކޯޑްކޮށް ބެލެހެއްޓުގެ މުހިންމުކަންވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ޖަމްޢިއްޔާގެ ރައީސް އަހުމަދު މުޙައްމަދުގެ ވާހަކަފުޅުގައި ޖަމްޢިއްޔާގެ ހިވާގި މެންބަރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ޖަމްޢިއްޔާގެ ހިންގުން ހަރުދަނާކޮށް، މެންބަރުން އިތުރުކުރުމަށާއި، އަދި ދިވެހި ބޭސްވެރިންނަށާއި، ބޭސްވެރިކަމުގެ ދާއިރާއަށް ޒަމާނީ ބަދަލުތައް ގެނައުމަށްޓަކައި ބޭނުންވާ މެދު އަދި ދިގުރާސްތާގެ އިސްތިރާޖީ ރޭވުމެއްގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަ ކުރެއްވިއެވެ.

މި ޖަލްސާގައި ޖަމްޢިއްޔާގެ މެންބަރުންނާއި، ހެޔޮއެދޭ ފަރާތްތަކުންނާއި ބައިވެފައިވެއެވެ.