ކެއުމުގެ ކުރިން، ފުރަތަމަ ސުވާ އަނގަޔަށް ލުމުގެ ކުރިން ވެސް، ހަށިގަނޑު، ހަޖަމުކުރުމަށް ތައްޔާރުވާން ފަށައެވެ. މިކަމަށް އެހީތެރިވަނީ އަހަރެމެންގެ ނޭފަތެވެ. ކާނާގެ ވަސް ހަޖަމުގެ އެންޒައިމްތައް ހަރަކާތްތެރިކުރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. މި އެންޒައިމްތަކަކީ އަހަރެމެން ކާ ތަކެތި، ހަށިގަނޑަށް ބޭނުންވާ މާއްދާތަކަށް ބަދަލުކުރުމުގައި އެހީތެރިވާ ޕްރޮޓީންތަކެކެވެ. ކެއުމެއްގެ މީރު ވަސް ނޭފަތަށް ވަނުމާއެކު، ސިކުނޑިން ހަށިގަނޑުގެ ހަޖަމުގެ ނިޒާމަށް އިޝާރާތްތައް ފޮނުވައެވެ. މިއާއެކު ކުޅު އުފައްދާ ގޮތްތަކާއި، ބަނޑާއި، ޗިސްމެއާއި، ގޮހޮރު ހަޖަމުގެ މަސައްކަތަށް ތައްޔާރުވާން ފަށައެވެ.
އިލްމީ ގޮތުން މިކަން ހިނގަނީ ކިހިނެއް؟
ކާނާގެ ވަސްތައް ދިރުވުމުގެ އެންޒައިމްތައް ހަރަކާތްތެރިކުރުވާ ގޮތަކީ ވަރަށް ހައިރާންކުރުވަނިވި ގޮތެކެވެ.
ކާނާގެ ވަހުގެ ސަބަބުން "ޕެރަސިމްޕެތެޓިކް ނާވްސް ސިސްޓަމް" ހަރަކާތްތެރިވެއެވެ. މި ނިޒާމަކީ ހަށިގަނޑު އަރާމުކުރުމާއި ހަޖަމުގެ މަސައްކަތްތައް ކޮންޓްރޯލްކުރާ ނިޒާމެކެވެ.
މީގެ ސަބަބުން ކުޅު އުފެއްދުން އިތުރުވެއެވެ. މި ކުޅުގައި ކާބޯހައިޑްރޭޓްތައް ބައިކޮށްލަން ފަށާ އެމައިލޭސް ފަދަ އެންޒައިމްތައް ގިނަ އަދަދަކަށް ހުރެއެވެ. މައިދާއިން ގެސްޓްރިކް ޖޫސްތައް އުފައްދަން ފަށައެވެ. މި ޖޫސްތަކުގައި ޕްރޮޓީން ހަޖަމުކުރުމަށް އެހީތެރިވާ "ޕެޕްސިން" ފަދަ އެންޒައިމްތައް ހިމެނެއެވެ. ޕެންކްރިއާސްއިން ނުވަތަ ޗިސްމެއިން ކުޑަ ގޮހޮރަށް ލިޕޭސް އާއި ޕްރޯޓީއޭސް ފަދަ އެންޒައިމްތައް ދޫކުރުމަށް ތައްޔާރުވެއެވެ.
މިކަންކަން މުހިންމުވަނީ ކީއްވެ؟
ވަހުގެ ސަބަބުން ހަޖަމުގެ އެންޒައިމްތައް ހަރަކާތްތެރިކުރުވުމަކީ ހަށިގަނޑުގެ ސިއްހަތަށް ބޮޑު މުހިންމުކަމެއް ދޭ ކަމެކެވެ. އެންޒައިމްތަކުގެ މި ހަރަކާތްތެރިވުމުގެ ސަބަބުން ލިބިދޭ ބައެއް ފައިދާތަކުގެތެރޭގައި:
. ދިރުވުން ރަނގަޅުވުން: ކެއުމުގެ ކުރިން ކާނާގެ ވަސް ދުވުމަކީ ކާނާ ފަސޭހައިން ބައިކޮށްލައި، ހަށިގަނޑަށް އެކުލެވޭ މާއްދާތައް ހިފެހެއްޓުމަށް ހަށިގަނޑު ތައްޔާރުކޮށްދޭ ކަމެކެވެ.
. ބަނޑުހައިވުން ކޮންޓްރޯލްކުރުން: މީރު ވަސްތަކުން ބަނޑުހައިވުން އިތުރުކުރާއިރު، ނުގުޅޭ ވަސްތަކުން ބަނޑުހައިވުން ކުޑަކޮށްލަފާނެއެވެ.
. ސަގާފީ އާދަކާދަތައް: ގިނަ ސަގާފަތްތަކުގައި ކާނާގައި ބޭނުންކުރާ ތަފާތު ހަވާދުތަކަކީ ހަމައެކަނި ރަހަ މީރުކުރުމަށް ބޭނުންކުރާ އެއްޗެއްސެއް ނޫނެވެ. މިފަދަ ތަކެތި ބޭނުންކުރަނީ ހަޖަމަށް ލުއިކޮަށް، ހަށިގަނޑު ކެއުމަށް ތައްޔާރުކުރުމަށް ވެސް މެއެވެ.
މިކަމުން ދައްކައިދެނީ އަހަރެމެންގެ ހިއްސުތަކާއި ހަށިގަނޑުގެ ފިޒިއޮލޮޖީ ގުޅިފައިވާ މިންވަރެވެ. ވަހަކީ ހަމައެކަނި އުފާވެރިކަމެއް ގެނެސްދޭ އެއްޗެއް ނޫނެވެ. އެއީ ހަށިގަނޑު، ކާނާއިން ފައިދާ ލިބިގަތުމަށް ތައްޔާރުކޮށްދޭ ބަޔޮލޮޖިކަލް އިޝާރާތެކެވެ.
